Support Us

އ.ދގެ ޗާޓަރުގައި ވާގޮތަށް ބައިނަލްއަގުވާމީ ރޫހުގައި މަސައްކަތް ކުރުމުގައި ދެމިތިބޭނަން: ރައީސް

އ.ދގެ ޗާޓަރުގައި ވާގޮތަށް ބައިނަލްއަގުވާމީ ރޫހުގައި މަސައްކަތް ކުރުމުގައި ދިވެހިރާއްޖެ ދެމިއޮންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އދ.ގެ މައިމަރުކަޒުގައި ދިވެހިރާއްޖޭގެ ދިދަ 21 ސެޕްޓެމްބަރު 1965 ގައި ނަގަނީ

ރައީސް ސޯލިހު މިހެން ވިދާޅުވީ އ.ދގެ މެމްބަރެއްގެ ގޮތުގައި ދިވެހިރާއްޖެ ވިތާ 55 އަހަރު ފުރުނު މުނާސަބަތާ ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އ.ދގެ މެމްބަރެއްގެ ގޮތުގައި ދިވެހިރާއްޖެ ވީ 21 ސެޕްޓެމްބަރު 1965 ގައެވެ. އެއީ 26 ޖުލައިގައި 1965 ގައި ރާއްޖެއަށް މިނިވަންކަން ލިބުނުތާ 56 ދުވަސް ފަހެވެ. އ.ދ އަށް ކަނޑައެޅި ރާއްޖޭގެ ފުރަތަމަ ދާއިމީ މަންދޫބަކީ މަރުހޫމު އަހުމަދު ހިލްމީ ދީދީއެވެ.


"އ.ދގެ ފަހުރުވެރި މެމްބަރެއްގެ ގޮތުގައި 55 ވަނަ އަހަރު ފާހަގަކުރާއިރު، ދިވެހިރާއްޖެއިން ޔޫ.އެންގެ ގަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމުގައި ކުރިއަށް ދާނަމެވެ. އަޅުގަނޑުމެން އަބަދުވެސް ތިބޭނީ އަޅުގަނޑުމެންގެބައިނަލްއަގުވާމީ ޕާޓްނަރުންނާއެކުއެވެ. އަދި ޔޫ.އެންގެ ޗާޓަރުގައި ވާގޮތަށް ބައިނަލްއަގުވާމީ ރޫހުގައި މަސައްކަތް ކުރުމުގައި ދެމިތިބޭނަމެވެ." ރައީސް ސޯލިހު ވިދާޅުވިއެވެ.

އ.ދ މަޖިލީސް އުފެދުނީ 24 އޮކްޓޯބަރު 1945 ގައެވެ. އަންނަ މަހު 24 ގައި އ.ދ އަށް 75 އަހަރުވާނެއެވެ.

މި މުނާސަބަތާ ގުޅިގެން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވެސް މިއަދު ވަނީ ޓްވީޓެއްކުރައްވައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް