Support Us

މަސް ހިފަން އުޅުނު ޒުވާނަކު ގެއްލިގެން ހޯދަނިކޮށް ކަނޑު އަޑީގައި މަރުވެފައި އޮއްވާ ފެނިއްޖެ

މާލޭ ހުޅަނގު ފަރާތުން ވެސްޓް ޕާކު ސަރަހައްދުގައި މަސް ހިފަން މޫދަށް އެރި އުޅުނު ޒުވާނަކު ގެއްލިގެން ހޯދަމުން ދަނިކޮށް ކަނޑު އަޑީގައި މަރުވެފައި އޮއްވާ ނަގައިފިއެވެ.

އެމް.އެން.ޑީ.އެފުން ބުނީ މ. ބޮއިލިން ފިޝް، އުމުރުން 24 އަހަރުގެ ޝައްފާން ރަޝީދު މަސް ހިފަން އެރުނީ މިއަދު ހެނދުނު 11 ޖަހާކަންހާއިރު ކަމަށާއި އޭނާ ހަބަރެއް ނުވެގެން ހަވީރު 4.30 ވި ފަހުން އެންގުމުން ކޯސްޓްގާޑުގެ ޑައިވަރުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފެށި ކަމަށެވެ. އަދި އޭގެ ކުޑަ އިރުކޮޅެއްގެ ތެރޭގައި އޭނާގެ ހަށިގަނޑު އެ ސަރަހައްދުގެ މޫދުގެ 12.1 މީޓަރު އަޑީގައި އޮއްވައި ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އެމް.އެން.ޑީ.އެފްގެ މީޑިއާ އޮފިޝަލް މޭޖަރ އިބްރާޙިމް އާޒިމް ވިދާޅުވިއެވެ.

ޝައްފާން ހޯދުމުގެ މަސައްކަތުގައި އާންމުން ވެސް ބައިވެރިވި ކަމަށާއި ޝައްފާނުގެ ހަށިގަނޑު ފެނުނީ އާންމު ޑައިވަރުންނަށް ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

ޝައްފާނަކީ ވަރަށް ގިނައިން މަސް ހިފަންދާ، ވަރަށް އަޑިއަށް ފީނާ މީހެއް ކަމަށް އޭނާގެ ގާތް މީހުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *