ކޮވިޑް19 ޖެހިގެން އުމުރުން ދުވަސްވީ މީހަކު ރޭ ދަންވަރު މަރުވެ މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 34 އަށް އަރައިފިއެވެ.
ހެޗްޕީއޭއިން ބުނީ ރޭ މަރުވި މީހަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީޒްގައި ފަރުވާދެމުން ދަނިކޮށް މަރުވި އުމުރުން 90 އަހަރުގެ ފިރިހެނެއް ކަމަށެވެ.
ކޮވިޑް19 ޖެހުނު މީހުންގެ އަދަދު 9724 އަށް އަރާފައިވާއިރު މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 8261 އެވެ. އައިސޮލޭޝަން ތަކުގައި 686 މީހަކު ތިބިއިރު އެކްޓިވް ކޭސްގެ ގޮތުގައި 1424 އުޅޭ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ކޮވިޑް19 ފެތުރުން މިދިޔަ އޮގަސްޓްމަހު އިތުރުވާން ފެށުމާ އެކު އެޗްޕީއޭއިން އަޅަން ފަށައިފައިވާ އިތުރު ފިޔަވަޅުތަކާ އެކު މިބަލި ޖެހޭ މިންވަރު ފާއިތުވި ހަފްތާގައި ދަށްވެފައިވާކަން އެޗްޕީއޭއިން ވަނީ ފާހަގަކޮށްފަ އެވެ. ނަމަވެސް މިއީ ބަލި ކޮންޓްރޯލްވި ކަމުގެ އަލާމާތެއް ނޫން ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލް ކުރަމުން ގެންދިއުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.



advertisment