1. ކިސަޑުގަނޑެއްގެ ތެރެއަށް ރަން ލުމަކުން، ރަނެއްގައި ދަބަރެއް ނުޖަހާނެއެވެ. ގަނޑުވަރެއްގެ ތެރޭގައި ދަގަނޑު ބެހެއްޓިޔަސް، ދަގަނޑެއް ރަނަކަށް ބަދަލެއް ނުވާނެއެވެ. އިންސާނުން ވެސް ހަމަ މިފަދައެވެ.
2. ދީން ހެޔޮގޮތުގައި ފަހުމުވި ކަމަށް ވާނީ، ޚިޔާލު ތަފާތު ވިޔަސް، ހުރިހާ ޚަލްގުތަކުންނަށް ވެސް އިހުތިރާމުކުރަން ދަސްވެގެންނެވެ.
3. ތިމާ ނޫން މީހަކަށް ހިދާޔަތު ލިބިގެންނުވާ ކަމަށް ހީކުރެވުމަކީ ވަރަށް ބޮޑު ކުށްހީއެކެވެ.
4. އިހުގައި އިލްމުވެރިން ލިޔުނު ފޮތްތަކާ މެދު ފާޑުކިޔުމުގެ ނަޒަރެއް ނުހިންގައި، އެ ފޮތްތަކުގެ ސަފުހާތައް އުކާލުމަކުން ހަގީގަތް ހޯދުމުގެ މަސައްކަތްކުރާ ތާލިބަކަށް ނުވާނެއެވެ.
5. އެކަމުން ތިމާއަށް ވަރުބަލިކަމެއް، އުނދަގޫތަކެއް ނުލިބި، ނަމަވެސް އެހެން މީހުންނަށް އެކަމުން އުނދަގުލާއި ވަރުބަލިކަން ލިބޭ ބައްޔަކި ތިމާ ގަބުވެ، ވިސްނުން ކޮށިވުމެވެ.
6. ހައްގަކީ ސިންގާ ފަދަ އެއްޗެކެވެ. އެ ދިފާކުރަން ކަމެއް ކުރާކަށް ނުޖެހޭނެއެވެ. ހަމައެކަނި ކުރަން ޖެހޭނޭ ކަމަކީ އެ މިނިވަންކޮށްލުމެވެ. ދެން، އެ އަމިއްލައަށް އޭގެ ނަފްސު ދިފާއުކުރާނެއެވެ.
7. ގައުމު ދިފާއުކުރަން، ވަރުގަދަ ލަޝްކަރަކަށް ވުރެ ވެސް ބޮޑަށް މުހިއްމީ ތައުލީމު ޔާފްތާ މުވާތިނުންނެވެ.
8. ފާޑުކިޔުމަކީ ނިކަމެތިކޮށްލުން ކަމުގައި ދެކި އަދި ޚިޔާލުތަފާތުވުމަކީ ޚިޔާނަތްތެރިވުން ކަމުގައި ދެކޭ މުޖުތަމައަކަށް އިސްލާހުގެ މަގުގައި ހިނގަން ވަރަށް ވެސް ދަތިވާނެއެވެ.
9. މީހަކު ކިތަންމެ ދީލަތިވެފައި އަދި ކިތަންމެ ރަނގަޅު ވިޔަސް އެ މީހާއަށް ވެސް ނަފުރަތު ކުރާނޭ ބަޔަކު އުޅެފާނެކަން އެ މީހާ ދަންނަން ޖެހެއެވެ. ނަމަވެސް، އެކަމާ ކުޑަކޮށް ވެސް ކަންބޮޑުވާކަށް ނުޖެހެއެވެ.
10. އިހުގައި އެއްބަނޑު އެއްބަފާ މީހުން ތަރިކަ މުދާ ބަހައި އުޅުނެވެ. ނަމަވެސް މިހާރު ފެންނަނީ ތަރިކަ މުދާ އެއްބަނޑު އެއްބަފާ މީހުން ބައިބަޔަށް ބަހާލާ ތަނެވެ.
11. މިނިވަނުންނާއި އަޅުންގެ ތަފާތަކީ ކޮބައި ހެއްޔެވެ؟ މިނިވަނުން ތަބާ ވަނީ ހައްގުގެ ގޮތަށެވެ. އަޅުން ތަބާވަނީ އެ ބައެއްގެ އަތުގައި ބާރު އޮންނަ ބަޔަކަށެވެ.
12. އިލްމުވެރިކަން ނެތް މީހާގެ އުނިކަން އޭނަގެ ހިލްމުވެރިކަމާއި އަދަބުވެރިކަން ފޮރުވައިދެއެވެ. ނަމަވެސް، ހިލްމުވެރިކަމާއި އަދަބުވެރިކަން ނެތް މީހާގެ އުނިކަން އޭނަގެ އިލްމުވެރިކަން ފޮރުވައެއް ނުދެއެވެ.
13. ވިލެޖުގެ ސޭކު މޮޔަ މީހާ، ސިޓީއަކަށް ދިޔުމުން ބުއްދިވެރިއަކަށް ބަދަލުވެގެން ނުދެއެވެ.
14. އެއްވެސް އަގެއް ނެތް، އެންމެ ދަށު ދަރަޖައިގެ މީހުންނަކީ މުޅި ގައުމު ބަނޑަށް ޖެހޭ ވަގުތުގައި އެ މީހުންގެ މުއްސަނދިކަން އިތުރުވެ، ތަނަވަސްކަން ހޯދާ މީހުންނެވެ.
15. ގައުމު ދެކެ ލޯބިވާ މީހަކަށް ވުމަށްޓަކައި ގައުމީ ދިދަ އުފުލައި ގައުމީ ސަލާން ކިޔާކަށް ނުޖެހެއެވެ. ޕިކުނިކު ގޮއްސައި ނޫނީ ޕާޓީކޮށްފައި ބިންމައްޗަށް ނޫނީ ގޮނޑުދޮށަށް ކުނިތައް އުކާނުލައި ކުނިއަޅަން ހުންނަ އެއްޗިއްސަށް ކުނި އެޅުމުން ގައުމީ ލޯބި މާ ބޮޑަށް ފާޅުވެގެން ދެއެވެ.
16. އިންސާނާގެ ހަށިގަނޑުގެ، ކިޑްނީއާއި ހިތާއި އަދި އެހެން ވެސް ތަފާތު ގުނަވަންތައް އޭނަގެ ހަށިގަނޑުގައި އިންދުމުގެ ކުޅަދާނަކަން ބޭސްވެރިކަން ހޯދައިގެންފިއެވެ. ނަމަވެސް، އިންސާނާގެ ކިބައިގައި ޟަމީރެއް އިންދުމަށް ބޭސްވެރިކަން ވަނީ ނުކުޅެދިފައެވެ.
