1. ދުނިޔޭގައިވާ އެއްވެސް އެއްޗަކީ ހަގީގަތުގައި ކަލޭގެ އެއްޗެއް ކަމަށް ނުވާއިރު، އަދި އެހެންވެ، ވަގުތީ ގޮތުން ކަލޭގެ އަތްމައްޗަށް އަރާ ހުރިހާ އެއްޗެއް ވެސް ދޫކޮށްލާފައި ދާންޖެހޭ އިރު، ކަލޭ އަތުން އެއްޗެއް ބީވެ، ގެއްލިދާނެތީ ޖެހިލުންވެ ބިރުގަންނަން ޖެހޭ ސަބަބަކީ ކޮބާހެއްޔެވެ؟
2. ކަލޭގެ ވަށައިގެންވާ މީހުންނާއި އެއްޗިއްސާ މެދު ފުންކޮށް ނަޒަރު ހިންގާލާ ނަމަ އެ ހުރިހާ އެއްޗިއްސަކީ ވެސް ކަލޭގެ އެދުރުންނަށް ވާނެއެވެ.
3. ސުވަރުގެއަށް ދާން ހިނގަން އޮންނަ މަގަކީ ނަރަކައެއް ކަހަލަ މަގެއްހެން ހީވެއެވެ. ހަމަ އެހެންމެ، ނަރަކައަށް ދާން ހިންގަން އޮންނަ މަގަކީ ސުވަރުގެއެއްހެން ވެސް ހީވެއެވެ.
4. ތިމާގެ ވެއްޓުންތަކާ ގުޅިގެން އެހެން މީހުން ބަދުނާމުކޮށް ކުށްވެރިކުރާ މީހާ، އޭނަގެ އަމާޒުފަތްގަނޑާ ހަމައަށް ވާސިލުވާން އޮންނަ މަގު ވަރަށް ވެސް ދިގުދެމިގެން ދެއެވެ. އެކަމާ މެދު ތިމާގެ އަމިއްލަ ނަފްސު ކުށްވެރިކޮށް ބަދުނާމު ކުރާ މީހާއަށް އެ ދަތުރުގެ ދެބައިކުޅަ އެއްބައި ކަޑައްތުކުރެވިއްޖެއެވެ. އެކަމާ މެދު އެކަކު ވެސް ބަދުނާމުކޮށް ކުށްވެރި ނުކުރާ މީހާއަށް އޭނަގެ އަމާޒުފަތްގަނޑަށް ވާސިލުވެއްޖެ ފަދައެވެ.
5. ވަރަށް ގިނަ ފަހަރު، އަހަރުމެންގެ ހިތަށް ތަދުވެ ވޭން އަޅަނީ ހަގީގަތް އަހަރުމެންނަށް ދުނިޔެ ދައްކާ މަންޒަރަކުން ނޫނެވެ. އަދި ކިހިނެއް ހެއްޔެވެ؟ އަހަރުމެންގެ ޚިޔާލު އަހަރުމެންނަށް ކުރަހާލަދޭ އެއްވެސް ހަގީގަތެއް ނެތް މަންޒަރުތަކުގެ ސަބަބުންނެވެ.

One Response
ޒުވާން ޚަޠީބު ގޮތަށް ޒުވާން ކޭޝިއަރުވެސް ތަޢާރުފުކުރުން ވ. މުހިއްމު.