1. ކަލޭގެ މާޒީގެ ދުވަސްތައް ކަލެއަށް ގޮވާލައި ފޯނުކޮށްލުމުން، އެ ފޯނުގެ ގޮވާލުމަށް އިޖާބަ ނުދޭށެވެ! ކަލޭ ގާތު އޭނަ ދައްކާނޭ އާ ވާހަކަތަކެއް ނޯންނާނެއެވެ!
2. ހަޔާތުގެ ބަޅު ވަޅިން އުފައްދާ ޒަޚަމްތަކާއި ފާރުތަކަކީ ހިކުމަތާއި ދަރުސުތަކުގެ ސަފުހާތަކަކަށް ހަދާލާށެވެ.
3. މުހިއްމީ ކިހާ ދުވަހަކު ދުނިޔޭގައި ހުރެވޭތޯ ބެލުމެއް ނޫނެވެ. ކިހާ ރަނގަޅަކަށް ދުނިޔޭގައި އުޅެވޭތޯ ބެލުމެވެ.
4. ހަޔާތުގައި މުހިއްމީ ތިން ކަމެކެވެ: ކަލޭގެ ސިއްހަތާއި، ހަޔާތުގެ މަގުސަދަކީ ކޮބައިކަން އެނގުމާއި ކަލޭ ދެކެ ހަގީގީ ލޯބިވާ މީހުން ދެނެގަނެވިފައި އޮތުމެވެ.
5. ކަލޭގެ ހަޔާތަކީ ކަލޭގެ އަތުން ކަލޭ ލިޔާ ފޮތެކެވެ. ކަލޭ ބަލާ ފިލްމެއް ނޫނެވެ.
6. ހަޔާތަކީ ފަރުބަދައެކެވެ. ކަލެއަށް މުހިއްމީ އެ ފަރުބަދައިގެ އެންމެ މައްޗަށް އެރުމެއް ނޫނެވެ. ކަލޭ ހިނގަން ބޭނުންވާ މަގު ހޯދައި އެ މަގުގައި ހިނގުމެވެ.
7. ކަލޭގެ އަމާޒު ހުއްޓިފައި އޮންނަން ޖެހޭނީ ކަލޭގެ ދިރިހުރުމަށް ލިބޭ އަހަރުތަކުގެ މައްޗަކަށް ނޫނެވެ. ކަލެއަށް ދިރިހުންނަން ލިބިފައި އޮންނަ އަހަރުތަކުގައި ހުރި ދިރުމުގެ މައްޗަށެވެ. ދެން، އެ އަހަރުތަކުގެ ބޭނުން އެންމެ ފައިދާ ހުރި ގޮތުގައި ހިފުމަށެވެ.
8. ހަޔާތުގައި ކަލޭ ކިޔަން ވާނީ ކަލެއަށް ކިޔަން އެނގޭ ލަވައެކެވެ. އެހެން މީހުން ކިޔާ ލަވައެއް ނޫނެވެ.
9. ހަޔާތަށް މާނަ ގެނެސްދެނީ ހަޔާތުގެ މަގުފާހަގަތަކެއް ނޫނެވެ. ނަމަވެސް، އެ މަގުފާހަގަތައް މެދުވެރިކުރުވާ ހިނދުކޮޅުތަކެވެ. މިސާލަކަށް ލޯބިވެވުމަކީ ހަޔާތުގެ މަގުފާހަގައަކަށް ވެދާނެއެވެ. ނަމަވެސް، މުހިއްމީ އެ ލޯބި މެދުވެރިކުރުވާ އުފާތަކާއި އެ އުފާތަކުގެ ތައުސީރެވެ.
10. ހުރިހާ ވެސް އެއްޗަކީ އަހަރުމެންގެ ހިތެވެ. އަހަރުމެންނަކީ އެ ހިތުގައި އަހަރުމެން އުފައްދާ ފިކުރުތަކާއި ޚިޔާލުތަކުގެ ނަތީޖާއެވެ.
