Support Us

ކޮލަމް ކޯދު: މީހަކު ބުނާ ވާހަކައެއް

1. ދެ ކަމެއްގައި މުސްތަހީލު ކަމެއް ނޯވެއެވެ. ނިދީގައި ދެކޭ ހުވަފެންތަކާއި ލޯބީވެވުމުން ދެކެވޭ ހުވަފެންތަކެވެ!

2. ލޯބިވެވުމުން ބާރާއި ވަރުގަދަކަން ލިބެއެވެ. ލޯބި ލިބުމުން ހިއްވަރާ ކެރުން ލިބެއެވެ.

3. ލޯބިވާ ތަނެއްގައި ދިރުން ވެއެވެ.

4. ލޯތްބެއް ލިބޭތޯ އަހައި، ހޯދައި، ދޮރުދޮރުގައި ޓަކި ޖެހެއެވެ. ދެން، އެ ލޯބި ލިބުމުން އެ ލޯތްބަށް ތެދުވެރިވެ، ވަފާތެރިވެވެއެވެ.

5. ލޯބި، ކޮންމެ ވެސް ވަރަކަށް، މީހާގެ ހަމަ ބުއްދިފިލުވާލައި މޮޔަކޮށްލައެވެ. އަދި، ހަމަ އެހެންމެ، އެ ފަދަ މޮޔަކޮށްލުމެއްގައި ކޮންމެ ވެސް ވަރަކަށް ހަމަ ބުއްދި މުޅިން ނުފިލައި ހުރޭ ވެސް މެއެވެ.

6. ލޯބި ދެކެ ލޯބިވުމަށް ލޯބި ލޯބިކުރެއެވެ.

7. ބާރު ހިންގާކަށެއް ލޯބި ނޭދޭނެއެވެ. ނަމަވެސް، ލޯބީގެ އެދުމަކަށް ވަނީ އިންދައި ހައްދާށެވެ.

8. ލޯބީގެ ފެށުމަކީ ހިނިތުންވެލުމެކެވެ.

9. ހަގީގީ ދެ ލޯބިވެރިއެއްގެ ރޫހު އުފެދިފައި އޮންނަނީ ކޮން އެއްޗަކުން ކަމާ މެދު ބެލުމުގެ ބޭނުމެއް ނެތެވެ. ހަގީގަތަކީ އެ ދެ ރޫހަކީ އެކައްޗެއް ކަމެވެ.

10. ހެނދުނު ހޭލެވުމުން، ތިމާއަށް ލިބިފައި އޮތް އިމްތިޔާޒުތަކުގެ މަތިން ހަނދާންކޮށްލައި، މާތް ﷲގެ ކިބަފުޅަށް ހަމްދުކޮށް ޝުކުރު ކުރުން ހުއްޓެވެ: އިތުރު އެއްދުވަސް ދިރިހުންނަން ލިބުމުގެ އިމްތިޔާޒެވެ. ވިސްނައި ފިކުރުކޮށް ހެޔޮ މަގުގައި ހިނގުމުގެ އިތުރު ފުރުސަތެއް ލިބުމުގެ އިމްތިޔާޒެވެ. ހިތްހަމަޖެހޭ ކަންކަން ކޮށްލައި އުފާ ހާސިލުކުރުމުގެ އިތުރު ފުރުސަތެއް ލިބިފައި އޮތުމުގެ އިމްތިޔާޒެވެ. ލޯބިވާ ދެކެ ލޯބިވުމުގެ އިތުރު ފުރުސަތެއް ލިބިފައި އޮތުމުގެ އިމްތިޔާޒެވެ.