Support Us

އާކް އިން ށ. އަތޮޅުގައި "ސްޕީޗް އެންޑް ހިއަރިން ކޭމްޕެ"އް ބާއްވައިފި

ކުޑަކުދިންގެ ހައްގުގައި ހިލޭސާބަހަށް މަސައްކަތްކުރާ އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އިން ށ. އަތޮޅުގައި "ސްޕީޗް އެންޑް ހިއަރިން ކޭމްޕް" އެއް ބާއްވައިފި އެވެ.

މި މަހުގެ އެކަކުން ފެށިގެން ހަތަރު ދުވަހަށް ކުރިއަށްގެންދިޔަ މި ކޭމްޕްގައި ށ. ފުނަދޫ، ޅައިމަގު، ފީވަށް އަދި ނަރުދޫގައި، އަޑުއިވުމާއި ވާހަކަދެއްކުމުގައި ދަތިތައް ހުންނަ 88 ކުއްކަޖަކަށް ރާއްޖެއިން ބޭރުގެ ސްޕީޗް ތެރަޕިސްޓެއް މެދުވެރިކޮށް ކޮންސަލްޓޭޝަން، ޑައިގްނޯސިސް، އިންޑިވިޖުއަލް އެސެސްމަންޓް އަދި އޯޑިއޯމެޓްރިކް ޓެސްޓްތައް ވަނީ ހިލޭ ހަދައިދީފައެވެ. އަދި އެ ކުދިންގެ އެސެސްމެންޓްތަކަށް ރިއާޔަތްކޮށް އެ ކުއްޖެއްގެ ބޭނުންތަކަށް ހާއްސަކޮށްގެން އެހީތެރިކަން ފޯރުކޮށްދޭނެ "އިންޓަވެންޝަން ޕްލޭން"ތައް ވެސް ވަނީ އެކުލަވައިލައިފައެވެ. އަދި މި ޕްލޭންތަކުގައި މުދައްރިސުންނާއި ބެލެނިވެރިންނަށް ގޭގައި އަދި ސްކޫލުގައި ބޭނުންކުރެވޭނެ ތަފާތު އުކުޅުތައްވެސް ވަނީ ހިމަނައިފައެވެ.

މީގެ އިތުރުން، ށ. މިލަންދޫ އަދި ޅައިމަގު ސްކޫލްގައި މަސައްކަތްކުރާ 40އަށްވުރެ ގިނަ ޓީޗަރުންނަށް އަމާޒުކޮށް ޅައިމަގު ސްކޫލްގައި ވޯކްޝޮޕެއް ވަނީ ބާއްވައިފައެވެ. ވާހަކަދެއްކުމުގައި ދަތިތައް ހުންނަ ކުދިންނާއެކު މަސައްކަތްކުރާ ޓީޗަރުންނަށް ކްލާހުގައި ބޭނުންކުރެވޭނެ ފަސޭހަ އިންޓަވެންޝަންތައް ކިޔައިދީ މިކަމާ ގުޅުން ހުރި މުހިންމު މައުލޫމާތު މި ވޯކްޝޮޕްގައި ވަނީ ހިއްސާކޮށްފައެވެ. އަދި މި ކޭމްޕްގައި މިލަންދޫ، ފީވައް އަދި ފުނަދޫގައި ތިބި ވާހަކަދެއްކުމާއި އަޑުއިވުމުގައި ދަތިތައް ހުރި ދަރިވަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދެނެގަނެ، އެ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ރަށްރަށުގެ ސްޕެޝަލް އެޑިއުކޭޝަން ނީޑްސް (ސެން) ޓީޗަރުންނާއެކު ވަކިވަކި ބައްދަލުވުންތައް ސްޕީޗް ތެރަޕިސްޓް ވަނީ ކުރިއަށްގެންގޮސްފައެވެ.

"މި ކޭމްޕް ކުރިއަށް ގެންދިޔުމުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަން އަދި ސްކޫލްތަކުގެ ބައިވެރިވުމާއި އެހީތެރިކަން ފާހަގަކޮށް އާކުން ޝުކުރު އަދާކުރަމެވެ. އަދި ކޮންމެ ކުއްޖަކަށްވެސް ބޭނުންވާ އަސާސީ ސިއްހީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި، ކަރާމާތްތެރި އަދި އަބުރުވެރި ދިރިއުޅުމެއް އުޅުމުގެ ޙައްޤު ކަށަވަރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތް ކުރިއަށްގެންދާނެކަމުގެ ޔަޤީންކަން އާކުންދެއެވެ." އާކުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *