ލޭ ހަދިޔާކުރުމުގެ ކެމްޕެއިން "ލޭފަވެތި ފެނަކަ" ދެން އޮންނާނީ އައްޑޫގައި ކަމަށް ފެނަކައިން ބުނެފިއެވެ.
މޯލްޑިވްސް ބްލަޑް ސަރވިސްއާއި ފެނަކަ ގުޅިގެން ކުރިއަށް ގެންދާ މި ޙަރަކާތް މި މަހު 15ގެ ކުރިން އައްޑޫގައި ބޭއްވުމަށް ތާވަލުކޮށް، ވާންޖެހޭ ތައްޔާރީތައް މިހާރު ދަނީ ވަމުން ކަމަށް ފެނަކައިން ބުނެއެވެ.
"އައްޑޫގައި މި ޙަރަކާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ފެނަކަ މުވައްޒަފުންނާއި، އާއިލާތަކުގެ އިތުރުން އާއްމުންނަށްްވެސް ބައިވެރިވެ ލޭ ހަދިޔާ ކުރެވޭގޮތަށް،" ފެނަކައިން ބުނެއެވެ.
ފެނަކައިން ޚިދުމަތް ދޭ ހުރިހާ ރަށެއް ޝާމިލްވާ ގޮތަށް ހުރިހާ އަތޮޅެއްގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ޙަރަކާތް ފަށައިފައިވަނީ، މިދިޔަ އަހަރުގެ ޑިސެމްބަރު 23ގައި މާލޭގައެވެ. އެ ހަރަކާތުގައި، ހެޑް އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުން ބައިވެރިވެ، ލޭ ހަދިޔާކޮށްފައިވެއެވެ.



advertisment

