Support Us

"ގޫގުލްގެ މަންސައަށް ދިވެހިބަސް ލުން"- ޚާއްޞަ ސިންތާއެއް ބާއްވައިފި

ގޫގުލްގެ މަންސައަށް ދިވެހިބަސް ލުން މި މައުޟޫޢުއަށް ޚާއްޞަ ސިންތާއެއް މިއަދު ބާއްވައިފިއެވެ.

މިއީ ދިވެހި ޤައުމިއްޔަތުގެ އިސްވަރުން އިންތިޒާމުކޮށްގެން ކޮންމެ ނަކަތެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސިންތާތަކުގެ ތެރެއިން ހުވަން ނަކަތުގެ ސިންތާއެވެ. މިއަދު ހަވީރު ބޭއްވި މި ސިންތާއަކީ މި އަހަރުގައި ބާއްވާ ދެ ވަނަ ސިންތާއެވެ.

ގޫގުލްގެ މަންސައަށް ދިވެހިބަސް ލުން މި މައުޟޫގެ މައްޗަށް ސިންތާގެ ބައިވެރިންނަށް މަޢުލޫމާތު ދެއްވީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ޢިލްމާއި ތަޖުރިބާ ހޯދައިފައިވާ ނާއިލް ޢަބްދުއްރަޙްމާން (ކުޑަ ނާއީ)އެވެ. ދިވެހިބަސް ތަރުޖަމާ ކުރުމުން ފެށުނު މަސައްކަތުން އިތުރު ހޯދުންތައް ހޯދައި ބެލުމުގައި ޝައުގު އުފެދުނު މި ތަޖުރިބާކާރު ގޫގުލްގެ މަންސައަށް ދިވެހިބަސް ލުމުގެ ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. ގިނަ ބަޔަކާ ގުޅިގެން ގިނަ ބައެއްގެ އެހީތެރިކަމާ އެކު މިހާރު ވެސް ދަނީ އެ މަސައްކަތުގައި ކުރިއަށް ދަމުންނެވެ.

މި ސިންތާގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރާއި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ އިސް މަސްއޫލުވެރީންނާއި ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީގެ ބޭފުޅުންގެ އިތުރުން ސުމޭކުގެ ދާއިރާގެ ބޭފުޅުން ބައިވެރިވަޑައިގެންނެވިއެވެ.

ތަރިކައާ ބެހޭ ވުޒާރާގެ ދަށުން ހިންގާ ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ އިސްވާރުންގެ ތެރޭގައި ހިމެނޭ ސުމޭކްގެ އިސްވާރު މުޙައްމަދު ޢަބްދުލްޤާދިރަކީ ސުމޭކު ދާއިރާއިން ޢިލްމާއި ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *