ހދ. ކުޅުދުއްފުށި ސިޓީ އެކި ފިހާރަތަކަށް ފޭކް ސްލިޕް ފޮނުވައިގެން 3000 އަށް ވުރެ ގިނަ ރުފިޔާގެ ތަކެތި ނެގި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޙަސަން މޫސާ، 33، ހދ. ކުޅުދުއްފުށި، ފައިންސް، އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން، ޖަނަވަރީ 29 ގައެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން ކުޅުދުއްފުށީގެ އެކި ފިހާރަތަކަށް ފޭކް ސުލިޕް ފޮނުވައިގެން 3000 އަށް ވުރެ ގިނަ ރުފިޔާގެ ތަކެތި އޭނާ ނަގައިފައިވާކަން މިހާތަނަށް ބެލިބެލުމުން އެނގިިފައިވާ ކަމަށެވެ. އެހެންވެ އިތުރު ފިހާރައަކަށް ފޭކް ސުލިޕް ފޮނުވައިގެން އޭނާ ވިޔަފާރިކޮށްފައިވާނަމަ ކުޅުދުއްފުށި ޕޮލިހަށް ރިޕޯޓުކުރުމަށް ވެސް ފުލުހުން އެދެއެވެ.
މި މައްސަލައާ ގުޅިގެން ޙަސަން މޫސާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.



advertisment