Support Us

ބީއެމް.އެލް ކްރެޑިޓް ކާޑުން ރާއްޖެއިން ބޭރުގައި ބޭނުންކުރެވޭ ޑޮލަރުގެ އަދަދު ދެގުނަ ބޮޑުކޮށްފި

ބީއެމް.އެލް ކްރެޑިޓް ކާޑުން ރާއްޖެއިން ބޭރުގައި ބޭނުންކުރެވޭ ޑޮލަރުގެ އަދަދު އަންނަ މަހުން ފެށިގެން ދެ ގުނަ ބޮޑުކޮށްފިއެވެ.

މި ގޮތުން މިހާރު މަހަކު 1،500 ޑޮލަރު ބޭނުންކުރެވޭ ޕްލެޓިނަމް ކްރެޑިޓް ކާޑަށް ފެބްރުވަރީން ފެށިގެން 3،000 ޑޮލަރު ނެގޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.

އަލަށް ގެނައި ބަދަލުތައް

  • ކްލެސިކް ކްރެޑިޓް ކާޑު- މިހާރު މަހަކު 750 ޑޮލަރު. ފެބްރުވަނީން ފެށިގެން މަހަކު 1،400 ޑޮލަރު
  • ގޯލްޑް ކްރެޑިޓް ކާޑު- މިހާރު މަހަކު 750 ޑޮލަރު. ފެބްރުވަނީން ފެށިގެން މަހަކު 1،500 ޑޮލަރު
  • ޕްލެޓިނަމް ކްރެޑިޓް ކާޑު- މިހާރު މަހަކު 1،500 ޑޮލަރު. ފެބްރުވަނީން ފެށިގެން މަހަކު 3،000 ޑޮލަރު

tt