ކޮންމެ އަހަރަކުވެސް ރޯދަ މަހާ ދިމާކޮށް އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސުން ކުރިއަށް ގެންދާ ރޯދަ ސޭލް، އަގުހުރި އިނާމުތަކާއެކު ރޭ ފަށައިފި އެވެ.
ރޯދަމަހަށް ގޭތެރެ ކުލަލުމާއި ޒީނަތްތެރިކުރުމަށް ބޭނުންވާ މީހުންނަށް ކުލައާއި ދަވާދު އަދި މި ނޫނަސް މަރާމާތު ކުރުމަށް ބޭނުން ކުރެވޭ ސާމާނު ހެޔޮ އަގެއްގައި ފޯރުކޮށްދިނުމަށް ބާއްވާ ރޯދަ ސޭލް ކުރިއަށްދަނީ ވެލިގާ ހާޑްވެއަރއާ ގުޅިގެންނެވެ.
މާރިޗު 26ގެ ނިޔަލަށް ކުރިއަށްދާ މި ސޭލް ފެށުމަށް، އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލުއިޝަންސް ޝޯރޫމްގައި ރޭ ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވީ ވެލިގާގެ ޑިރެކްޓަރ ޒައިދު މުހައްމަދެވެ. މީގެ އިތުރުން އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ޑިރެކްޓަރ މުހައްމަދު އީމާނާއި ސިންގަޕޫރުން ރާއްޖެ ވަޑައިގެންނެވި ނިޕޯން ޕެއިންޓުގެ ޑެލިގޭޓުންވެސް ވަނީ މި ހަފްލާގައި ބައިވެރިވެ ވަޑައިގަންނަވައިފައެވެ.
އެސްޓީއޯ އިން ބުނާ ގޮތުގައި މި އަހަރުގެ ރޯދަ ސޭލްގައި ޑިސްކައުންޓް އެޅުވިފައި ހުންނާނީ އެސްޓީއޯ ކޮންސްޓްރަކްޝަންސް އިން ވިއްކާ ޕްރޮޑަކްޓްތަކުގެ ތެރެއިން ނިޕޯން ޕެއިންޓް އަދި މަކިޓާ ބްރޭންޑްގެ ޕްރޮޑަކްޓް ތަކުގައެވެ. އެގޮތުން ނިޕޯން ޕެއިންޓުގެ ހޮވާލެވިފައިވާ ޕްރޮޑަކްޓް ތަކަކުން %50 އާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. އަދި މަކިޓާގެ ބައެއް ޓޫލްސް ތަކަކުން %70 އާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދަނީ ވެލިގާ ހަރޑްވެއަރ އާ ވެސް ގުޅިގެންކަމުން، ވެލިގާ ހަރޑްވެއަރ އިން ވިއްކާ ނިޕޯން ޕެއިންޓްގެ ޕްރޮޑަކްޓްކަތުންވެސް ޑިސްކައުންޓް ލިބިގެންދާނެއެވެ.
މީގެ އިތުރުން މި ޕްރޮޑަކްޓްތަކުން ކުރާ ވިޔަފާރިތަކުން ކޮންމެ 500ރ. އަކަށް ކޫޕަނެއް ލިބޭނެއެވެ. ކޫޕަން ތަކުން ނެގޭ ލަކީ ޑްރޯ އަކުން ހޮވޭ ނަސީބުވެރި ތިން މީހަކަށް ބޮޑެތި އިނާމުތަކެއް ވަނީ ހުށަހެޅިފައެވެ.

އިނާމުތައް:
- 1 ވަނައަށް 50،000ރ.ގެ ވައުޗަރެއް
- 2 ވަނައަށް 20،000ރ. ވައުޗަރެއް
- 3 ވަނައަށް ސްޓޯން ހޮޓެލްގައި ދެ މީހަކަށް 2 ދުވަހުގެ ހުރުން
ޕްރޮމޯޝަން ކުރިއަށްދާނެ އައުޓްލެޓްތައް:
- އެސްޓީއޯ ކޮންސްޓްރަކްޝަންސް އަމީނީމަގު ފިހާރަ
- މާލެ މަކިޓާ ޝޯރޫމް
- ހުޅުމާޅެ ކޮންސަޓްރަކްޝަންސް ޝޯރޫމް
- މާލެ އަދި ހުޅުމާލޭގެ ވެލިގާ ހާޑްވެއަރ އައުޓްލެޓްތައް
މީގެ އިތުރުން އެސްޓީއޯގެ ރީޖަނަލް އައުޓްލެޓްތަކުން ވިއްކާ ނިޕޯން ޕެއިންޓް އަދި މަކިޓާ ބްރޭންޑްގެ ޕްރޮޑަކްޓްތަކުންވެސް މި ޑިސްކައުންޓްތައް ލިބޭނެއެވެ. އަދި މި ރީޖަނަލް އައުޓްލެޓްތަކުން ނިޕޯން ޕެއިންޓް އަދި މަކިޓާ ބްރޭންޑުގެ ޕްރޮޑަކްޓްތައް ގަންނަ މީހުންނަށްވެސް ލަކީ ޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.



advertisment

