ރާއްޖޭގެ ބޭންކިން ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް އޭޝިއަން އިންސްޓިއުޓް އޮފް ޗާޓާޑް ބޭންކާސް (އޭ.އައި.ސީ.ބީ) އާއި ބީ.އެމް.އެލްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއަދު އޮތް ރަސްމީޔާތެއްގައި ބީއެމްއެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ޝަރީފެވެ. އޭ.އައި.ސީ.ބީގެ ފަރާތުން، ޗީފް އެކްޒެކްޓިވް އެޑްވާޑް ލިންގެވެ.
ބީއެމްއެލް އިން ބުނީ މި އެއްބަސްވުމުގެ ދަށުން ޗާޓާޑް ބޭންކިންގެ ދާއިރާއިން ދިވެހިން ތަމްރީނު ކުރުމުގެ ފުރުސަތުތައް ހުޅުވައިލާނެ ކަމަށެވެ.
"އޭ.އައި.ސީ.ބީއާ ގުޅިގެން ރާއްޖޭގެ ބޭންކިން ޕްރޮފެޝަން އިތުރަށް ތަރައްގީކުރުމަށް މި އެއްބަސްވުމާއެކު މުހިންމު މަސައްކަތްތަކެއް ފެށޭނެ. މިގޮތުން ޗާޓާޑް ބޭންކިންގެ ޕްރޮގްރާމްތަކާއި ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޕްރޮގްރާމްތައް ރާއްޖޭގައި ހިންގާނެ. ގައުމީ ބޭންކުގެ ހައިސިއްޔަތުން މި ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީކޮށް ކުރިއެރުވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް،" ބީ.އެމް.އެލްގެ އޮފިޝަލަކު ވިދާޅުވިއެވެ.
"ބޭންކިން ދާއިރާގެ ތައުލީމާއި ތަމްރީނު ފޯރުކޮށްދޭ ފަރާތެއްގެ ގޮތުން ބީއެމްއެލް އެކަޑަމީން އަންނަނީ މި ދާއިރާއިން މީހުން ބިނާކުރުމުގެ ގޮތުން އެކި ޕްރޮފެޝަނަލް ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން އިންޓާންޝިޕްގެ ފުރުސަތުވެސް ދެމުން."



advertisment

