ނަސީބުވެރިޔާއަށް 100،000ރ. ލިބޭ ހާއްސަ ޕްރޮމޯޝަނެއް ބީ.އެމް.އެލް އިން ފަށައިފިއެވެ. ރޯދަ މަހާ ދިމާކޮށް ހާއްސަ އިނާމުތަކެއް ލިބޭ "ރަން ފުރުސަތު" ކުރިއަށް ގެންދާނީ 10 ޖަނަވަރީން 16 މާޗުގެ ނިޔަލަށެވެ.
މި ޕްރޮމޯޝަނުގައި ހިމެނޭ ފިހާރަތަކުން މި މުއްދަތުގައި ވިޔަފާރި ކޮށްގެން ކޮންމެ ހަފްތާއަކު އިނާމު ހޯދުމުގެ ފުރުސަތު އަދި ޕްރޮމޯޝަން ނިމުމުން ބޮޑު އިނާމު ހޯދުމުގެ ފުރުސަތު ލިބޭނެއެވެ. އެގޮތުން މި ޕްރޮމޯޝަނުގައި ބައިވެރި ކުރެވޭނީ ބީއެމްއެލް ކާޑު މެޝިން، ސްޓެޓިކް ކިއުއާރް ނުވަތަ ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ކުރާ މުއާމަލާތްތައް އެކަންޏެވެ.
މި ޕްރޮމޯޝަނުގެ މުއްދަތުގައި ކޮންމެ ހަފްތާއަކުވެސް ފަސް ނަސީބުވެރިއަކަށް 2،000ރ.ގެ ގިފްޓް ކާޑެއް ހޯދުމުގެ ފުރުސަތު ލިބޭނެއެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވާ ފިހާރަތަކުން ކޮންމެ ހަފްތާއަކުވެސް ޖުމްލަ 500ރ.ގެ ވިޔަފާރި ކުރާ ފަރާތްތައް މި ގުރުއަތުގައި ބައިވެރިކުރެވޭނެއެވެ.
ޕްރޮމޮޝޯޝަން ނިމުމުން ގުރުއަތުން ހޮވާ ނަސީބުވެރިއަކަށް ބޮޑު އިނާމުގެ ގޮތުގައި 100،000ރ.ގެ ގިފްޓް ކާޑެއް ލިބޭނެއެވެ. މި ގުރުއަތުގައި ބައިވެރިވެވޭނީ ޕްރޮމޯޝަނުގެ މުއްދަތުގައި ޖުމްލަ 10،000ރ.ގެ ވިޔަފާރިކުރާ ފަރާތްތަކެވެ.
ޕްރޮމޯޝަނުގައި ހިމެނޭ ފިހާރަތަކުގެ ލިސްޓް އަދި އިތުރު މައުލޫމާތު ތިރީގައިވާ ލިންކުން ލިބޭނެއެވެ.



advertisment

