ހއ. ދިއްދޫ އެއާޕޯޓު އަޅަން ބިން ހިއްކާ ޑްރެޖަރ މިއަދު ހެނދުނު އެ ރަށަށް ބަނދަރުކޮށްފިއެވެ.
ލެއިވް އެއިރިކްސަން ނަމަކަށް ކިޔާ، 223 ފޫޓުގެ ދިގު މި ޑްރެޖަރަކީ ޔޫރަޕިއަން ޑްރެޖިން ކޮމްޕެނީން އޮޕަރޭޓްކުރާ ޑްރެޖަރެކެވެ.
ދިއްދޫ ބިންހިއްކައި އެއާޕޯޓް އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުގެ ތެރޭގައި ހިމެނޭ ދެ ކަމެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ހިންގާ މި މަޝްރޫގެ ދަށުން ދިއްދޫ އެއާޕޯޓް ތަރައްޤީ ކުރުމާއި ބޯހިޔާވަހިކަމާއި އެހެނިހެން ޚިދުމަތްތަކަށް ބޭނުންވާ 111 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
އަންނަ ހޯމަ ދުވަހު ބާއްވާ ބިން ހިއްކަން ފެށުމުގެ ރަސްމިއްޔާތަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ދިއްދޫ ކައުންސިލާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ގެންދަނީ ކުރަމުންނެވެ.



advertisment