Support Us

މިއީ ތަރިކައަށް ލޯބިކުރައްވާ ހުރިހާ ބޭފުޅުން، ޤައުމީ ރޫޙު ކުރިއަށް ނެރުއްވަންވީ ވަގުތު: އާދަމް ނަޞީރު

ދިވެހި ބަހާއި ސަގާފަތާއި ތަރިކައަށް ލޯބިކުރައްވާ ހުރިހާ ބޭފުޅުން، އެބޭފުޅެއްގެ ޤައުމީ ރޫޙު ކުރިއަށް ނެރުއްވަންވީ ވަގުތު، މިއީ ކަމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ، މި އަހަރު ދިވެހިބަހުގެ އެކެޑަމީން ބޭއްވި އަދަބީ މުބާރާތްތަކުގެ ނަތީޖާ އިއުލާންކުރުމަށް ޞަލާޙުއްދީނު އިސްކޫލުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އާދަމް ނަޞީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ދިވެހި ތަރިކައިގެ ދާއިރާ މިހާރު ދެކެމުން މި ދަނީ ވަރަށް ދީލަތި އަދި ނަސީބުވެރި ދުވަސްތަކެކެވެ. އެއީ ދިވެހި ދައުލަތުން ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފުރިހަމަ ތަޞައްވުރެއް މި ދާއިރާއާ މެދު އޮވެ، ގުޅުންހުރި މުއައްސަސާތަކަށް މަގުތައް ފަހިކޮށްދެއްވަމުން ގެންދެވުމުން ކަމަށެވެ. އެހެންކަމުން، ދިވެހި ބަހާއި ސަގާފަތާއި ތަރިކައަށް ލޯބިކުރައްވާ ހުރިހާ ބޭފުޅުން ޤައުމީ ރޫޙު ކުރިއަށް ނެރެ، އިޚްލާޞްތެރި ޚިދުމަތުގައި ވަރުބަލިނުވެ، ވީރާނާވެފައިވާ ދިވެހި ތަރިކައިގެ ތަންތަން އަލުން އާރާސްތުކުރުމަށް އެއް އަޒުމެއްގައި ގުޅިގެން މަސައްކަތްކޮށްދެއްވުމަށް ވަޒީރު އެދިވަޑައިގަތެވެ.

އެމަނިކުފާނު ވަނީ، ދިވެހި ތަރިކައިގެ ދާއިރާ ވަކިގޮތަކަށް ތަރުތީބުކުރައްވައި، ޚާއްޞަ އިސްކަމެއް ދެއްވައިގެން ދިވެހި ޤައުމިއްޔަތު ނަގަހައްޓަވަން ރައީސުލްޖުމްހޫރިއްޔާ ކުރައްވާ އިޚްލާޞްތެރި، ބުރަ މަސައްކަތްޕުޅަށް ޝުކުރު އަދާކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *