Support Us

ގެސްޓް ހައުސްއަކާއި އެޕާޓްމަންޓަކުން މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި

މާލޭގެ ގެސްޓް ހައުސްއަކާއި އެޕާޓްމަންޓެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅެ، ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނެއްގައި ބަލައިފާސްކުރި ތަންތަނުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 377.39 ގްރާމު ހުރި ކަމަށެވެ.

މި މައްސަލާގައި ހައްޔަރުކުރި މީހުން

  1. ޙަސަން އަނަސް، 22، ދަފްތަރު ނަންބަރު ރސ. 10367
  2. މޫސާ ޝަހީމް، 22، އަތަގަސްދޮށުގެ، ދޫޑިގަން. ޏ. ފުވައްމުލައް
  3. ޙުސައިން ޝަރުވާން، 25، އާވެލި، ބ. ގޮއިދޫ
  4. ނިޝާ ރާއި، 21، ނޭޕާލް

ފުލުހުން ބުނީ އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޙަސަން އަނަސް އަށް 15 ދުވަސް އަދި މޫސާ ޝަހީމާއި ޙުސައިން ޝަރުވާނަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

މި މައްސަލާގައި ނިޝާ ރާއީއަށް ދީފައިވާ އެއް ދުވަހުގެ ބަންދުގެ މުއްދަތު ހަމަވުމުން ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ވެސް ދިނީ އެއް ދުވަހުގެ މުއްދަތެކެވެ. އަދި ދެވަނަ ފަހަރަށް ދީފައިވާ އެއް ދުވަހުގެ މުއްދަތު ހަމަވުމުން ތިން ވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *