Support Us

ރާއްޖެ ޕްރޮމޯޓްކޮށް، ޑިޖިޓަލް އިކޯސިސްޓަމް ވަރުގަދަ ކުރުމަށް ބީ.އެމް.އެލް، އަލިޕޭ+، ވިޒިޓް މޯލްޑިވްސް އެއްބަސްވުމަކަށް

ރާއްޖެ ޕްރޮމޯޓްކޮށް، ޑިޖިޓަލް އިކޯސިސްޓަމް ވަރުގަދަ ކުރުމަށް ބީ.އެމް.އެލް، އަލިޕޭ+، ވިޒިޓް މޯލްޑިވްސް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ރާއްޖޭގައި ފޯރުކޮށްދޭ ޕޭމަންޓް ސޮލިއުޝަންތައް އިތުރަށް ހަރުދަނާކުރުމާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ޕްރޮމޯޓްކޮށް، ކުރިއެރުވުމަށް މިއަދު ގާއިމުކުރި އެއްބަސްވުމަކީ އަންނަ އަހަރުން ފެށިގެން ކޯ-ބްރޭންޑެޑް ޓޫރިޒަމް ކެމްޕޭނުތައް ފެށުމަށް އެޅުނު "މުހިންމު އެއް ބިންގާ" ކަމަށް ބީ.އެމް.އެލް އިން ބުނެއެވެ.

"މި ޓްރައިޕާޓީ އެއްބަސްވުމުގެ ދަށުން، އޭޝިއާގެ މާކެޓްތަކުގައި އެންމެ މަގުބޫލު މަންޒިލަކީ ރާއްޖެއަށް ހެދުމަށް މަސައްކަތްކުރުމާއި ވިޔަފާރިތަކަށް ފައިސާ ބަލައިގަތުމަށް ފަސޭހަކޮށްދިނުމާއި މި މަންޒިލްތަކުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް ލުއި ފަސޭހަ ތަޖުރިބާތަކެއް ދިނުމަށް މަސައްކަތްކުރުން ހިމެނެއެވެ. މީގެ އިތުރުން، ރާއްޖޭގައި އީޖާދީ އަދި ރައްކާތެރި ޕޭމަންޓް ސޮލިއުޝަންސް ތައާރަފްކުރުމަށް ބީއެމްއެލްއާއި އަލިޕޭ+ އާ ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައި ވެއެވެ. އެގޮތުން ކަސްޓަމަރުންނާއި ވިޔަފާރިވެރިންނަށްވެސް އިތުރު ލުއިފަސޭހަ ކަމެއް ފޯރުކޮށްދިނުމަށް ރާއްޖޭގައި ކޮންޓެކްޓްލެސް ކިއުއާރް ޕޭމަންޓުގެ ޚިދުމަތް ފުޅާކޮށް، ބީއެމްއެލް ސްވައިޕް އެޕްގައި އަލިޕޭ+ގެ ފީޗަރތައް ހިމަނާނެއެވެ." ބީ.އެމް.އެލްގެ ބަޔާނެއްގައި ބުނެއެވެ.

ބީއެމްއެލްގެ ސީއީއޯ އެންޑް މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ އަލިޕޭ+ އާއި ވިޒިޓް މޯލްޑިވްސްއާއެކު މި ވެވުނު ސްޓްރެޓީޖިކް އެއްބަސްބުންތަކާއެކު، ރާއްޖޭގެ ޑިޖިޓަލް އިކޯސިސްޓަމް ވަރުގަދަކޮށް، މުޅި ދުނިޔޭގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށް ވަރަށް މުހިންމު ފިޔަވަޅެއް އެޅުނީ ކަމަށެވެ.

"މި އެއްބަސްވުން ފަރުމާކޮށްފައި ވަނީ އެންމެ ޒަމާނީ އަދި ލުއިފަސޭހަ ޕޭމަންޓް ހައްލުތަކެއް އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ފޯރުކޮށްދީ، ރާއްޖޭގެ އިގްތިސާދު ކުރިއެރުމުގެ ދުވެލި އަވަސްކުރުމަށް،" ޝަރީފް ވިދާޅުވިއެވެ.

"ބީއެމްއެލްއިން އެމެރިކަން އެކްސްޕްރެސް، ވީސާ، މާސްޓަކާޑް، އަދި ޔޫނިއަންޕޭ ފަދަ މައިގަނޑު ހުރިހާ ކްރެޑިޓް އަދި ޑެބިޓް ކާޑު ނެޓްވޯކްތަކުގެ އިތުރުން، ބީއެމްއެލް ޕޭ، ވީޗެޓް ޕޭ، އަލިޕޭ، އެޕަލް ޕޭ އަދި ގޫގުލް ޕޭ ފަދަ ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ޑިޖިޓަލް ވޮލެޓްތަކުން ކުރާ މުއާމަލާތްތައް ޕްރޮސެސް ކުރެއެވެ. ބީއެމްއެލްގެ މަރޗަންޓް ޕޯޓަލް އަދި އެމްޕީއޯއެސް އެޕް ބޭނުންކޮށްގެން، މަރޗަންޓުންނަށް ފުރިހަމަ އޮންލައިން ޕޭމަންޓް ހައްލުތަކެއް ފޯރުކޮށްދީ، ރިއަލް-ޓައިމް ޕޭމަންޓް ރިކުއެސްޓްތައް ކުރެވޭނެ ގޮތް ހަމަޖައްސައި، މުޢާމަލާތްތައް ހަރުދަނާކަމާއެކު މޮނިޓަރކުރުމާއި، އޮންލައިން ސްޓޯރުގެ އޮޕަރޭޝަންތައް ހުއްޓުމެއްނެތި މެނޭޖްކުރުމުގައި ވިޔަފާރިވެރިންނަށް އެހީތެރިވެދެއެވެ." ބީ.އެމް.އެލްގެ ބަޔާނުއްގައި ވެއެވެ.