Support Us

ނޮވެންބަރު މަހު ފުވައްމުލަކުގެ ފެނަށް ބިލު ނުކުރަން ފެނަކައިން ނިންމައިފި 

ފުވައްމުލައް ސިޓީގެ ފެނުގެ ހިދުމަތަށް ތަފާތު މައްސަލަތައް މިދިޔަ މަހު ކުރިމަތިވެފައިވާތީ، މިދިޔަ މަހުގެ ފެނަށް ބިލު ނުކުރަން ފެނަކައިން ނިންމައިފި އެވެ.

ފެނަކައިން މިއަދު ބުނީ ވޭތުވެދިޔަ ދުވަސްތަކުގައި، ފުވައްމުލައް ސިޓީގެ ފެނުގެ ނެޓްވޯކްގެ މަސައްކަތްތަކެއް ކުރަމުންދިޔައިރު، އެކި ވަގުތުތަކުގައި ފެން ކެނޑުމާއި، ފެނުގެ ޕްރެޝަރ ދަށްވުން ފަދަ ކަންކަން މެދުވެރިވެފައިވާކަން ފާހަގަކުރާ ކަމަށެވެ.

"ވީމާ، މި ކަންކަމަށް ރިޔާޢަތްކޮށް، ރައްޔިތުންނަށް ލުޔެއް ދިނުމަށްޓަކައި، ފާއިތުވި ނޮވެންބަރު މަހު ފުވައްމުލައް ސިޓީގެ ފެނަށް ބިލު ނުކުރާގޮތަށް ނިންމާފައިވާ ވާހަކަ ދެންނެވީމެވެ." ފެނަކަގެ ބަޔާނެއްގައި ވެއެވެ.

"ފުވައްމުލައް ސިޓީގައި ދިމާވެފައިވާ ފެނުގެ މައްސަލަ ޙައްލުކޮށް، ރަނގަޅު ފެންވަރެއްގައި ފެނުގެ ޚިދުމަތް އަލުން ދިނުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ހުއްޓުމެއްނެތި ކުރަމުންދާކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވަމެވެ. ފެނުގެ ޚިދުމަތް ކެނޑި، ދިމާވި ދަތި ވަގުތުތަކުގައިވެސް، ތިޔަ ލޮބުވެތި ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ޝުކުރު ދަންނަވަމެވެ."