Support Us

ލޯފަން މީހުންނަށް ވެސް ބޭނުންކުރެވޭ ގޮތަށް އެމް.ޕީ.އެލްގެ ވެބްސައިޓް ތަރައްގީކޮށް އިފްތިތާހުކޮށްފި

ލޯފަން މީހުންނަށް ވެސް ބޭނުންކުރެވޭ ގޮތަށް އެމް.ޕީ.އެލްގެ ވެބްސައިޓް ތަރައްގީކޮށް އިފްތިތާހުކޮށްފިއެވެ.

އެމް.ޕީ.އެލްގެ ވެބްސައިޓްގައި އަލަށް ތަޢާރަފްކުރި ފީޗަރ މިއަދު ލޯންޗްކޮށްދެއްވީ މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ. އާއިޝަތު ޝިހާމެވެ. މި ފީޗަރ ލޯންޗްކުރީ އެމް.ޕީ.އެލްއާ އަލަށް ގުޅުނު ނުކުޅެދުންތެރިކަން ހުންނަ 40 މީހުންނަށް ވަޒީފާ ލިބުނުކަމުގެ ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

"މިއީ އެމް.ޕީ.އެލް އިން އިސްނަގައިގެން، އެމް.ޕީ.އެލްގެ އައި.ސީ.ޓީ ސަރވިސަސް ޑިޕާޓްމަންޓްގެ މަސައްކަތުން ތަޢާރަފްކުރި ފީޗާރއެކެވެ. މި މަސައްކަތުގައި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ އެހީތެރިކަމާއި ލަފާ ލިބުނުކަން ފާހަގަކުރަމެވެ. އަދި އަދި މި ފީޗާގެ ޓެސްޓިންގ މަރުހަލާގައި، ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް ދަ މޯލްޑިވްސްގެ ހިޔާލާއި ލަފާ ވަނީ ހޯދައިފައެވެ. އެމް.ޕީ.އެލްއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން، ލޮލުގެ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިފަދަ އެކްސެސިބިލިޓީ ފީޗާއެއް ވެބްސައިޓްގައި ތަޢާރަފްކުރި ފުރަތަމަ ކުންފުންޏެވެ." އެމް.ޕީ.އެލް އިން ބުނެއެވެ.

"އެމް.ޕީ.އެލްއިން އިސްނަަގައިގެން، މިފަދަ ކަމެއް ކުރީތީ އަޅުގަނޑުމެން ޝުކުރުވެރިވަން. އުންމީދުކުރަނީ އެހެން ކުންފުނިތައްވެސް (އެމް.ޕީ.އެލް) މިސާލަކަށް ނަގައިގެން، އެހެން ކުންފުނިތައްވެސް މިފަދަ ފީޗާއެއް ތާއަރަފްކުރާނެ ކަމަށް،" ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް ސޮަސައިޓީ އޮފް ދަ މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ ސައްދާމް ވިދާޅުވި ކަމަށް އެމް.ޕީ.އެލްގެ ބަޔާނެއްގައި ވެއެވެ.

އެމް.ޕީ.އެލްގައި މި ވަގުތުވެސް ނުކުޅެދުންތެރިކަން ހުންނަ 32 މީހަކު ވަޒީފާ އަދާކުރެއެވެ. އަދި އެމް.ޕީ.އެލްއިން މިހާރު ވަނީ ނުކުޅެދުންތެރިކަން ހުންނަ އިތުރު 40 މީހަކަށް ވަޒީފާ ދީފައެވެ. މި މީހުންނަށް ވަޒީފާގެ ފުރުސަތުތައް ދިނުމުގެ އިތުރުން، މަސައްކަތުގެ މާޙައުލުގައި ތަފާތުނުކުރުމާއި ހަމަހަމަ ފުރުޞަތުތައް ކަށަވަރުކޮށްދިނުމާއި ރައްކާތެރި މަސައްކަތުގެ މާހައުލެއް ޤާޢިމްކޮށްދިނުމަށް އެމް.ޕީ.އެލްއިން ބޮޑު އަހަމިއްޔަތެއް ދޭކަމެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *