Support Us

ފިރިހެނުންގެ ދުވަސް ފާހަގަކުރުމަށް ޓްރީ ޓޮޕުން 20% ޑިސްކައުންޓެއް

ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުން "ވެލް މޭލް ޕެކޭޖް" އަށް 20% ޑިސްކައުންޓެއް ތައާރަފުކޮށްފިއެވެ.

މި ޕްރޮމޯޝަންގެ މަޤްޞަދަކީ ފިރިހެނުންގެ ޞިއްޙަތު ދެމެހެއްޓުމަށްޓަކައި ކުރާ މަސައްކަތްތައް ފަސޭހަކޮށް އަގުހެޔޮކޮށްދިނުން ކަމަށް ޓްރީ ޓޮޕުން ބުނެއެވެ.

"މި ޕްރޮމޯޝަން ކުރިއަށްދަނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕެކޭޖްގެ އަސްލު އަގު ކަމަށްވާ 5,900ރ. އަށް 20 އިންސައްތައިގެ ޑިސްކައުންޓް ލިބުމުން، ޕްރޮމޯޝަންގެ ތެރޭގައި މި ޕެކޭޖް ލިބޭނީ 4،720ރ. އަށެވެ. މި ޚިދުމަތް ލިބިގަތުމުގެ ފުރުޞަތު 18 އަހަރުން މަތީގެ ހުރިހާ ފިރިހެނުންނަށް ވަނީ ހުޅުވާލައިފައެވެ." ޓްރީ ޓޮޕުން ބުނެއެވެ.

ވެލް މޭލް ޕެކޭޖްގައި ހިމެނޭ ކަންތައްތައް

މި ޕެކޭޖްގެ ތެރޭގައި ކްލިނިކަލް "އެގްޒިމިނޭޝަން" ދިނުމުގެ ތެރޭގައި މެޑިކަލް ހިސްޓްރީ ތަފްޞީލުކޮށް ބެލުމާއި، ހަށިގަނޑު ބެލުން، ބީއެމްއައި ކަނޑައެޅުން، ލޭގެ ޕްރެޝަރު ބެލުން އަދި ލޮލުގެ ފެނުން ބެލުން ހިމެނެއެވެ. ހަމަ އެއާއެކު، ރޭޑިއޮލޮޖީ އަދި އިމޭޖިންގެ ބައިގެ ދަށުން މޭގެ އެކްސް-ރޭ، އީސީޖީ (އިލެކްޓްރޯކާޑިއޯގްރާމް) އަދި މުޅި ބަނޑުގެ އަލްޓްރާސައުންޑް ހިމެނެއެވެ.

މީގެ އިތުރުން ކްލިނިކަލް ޑައިޓީޝަނަކާ އެކު "ނިއުޓްރިޝަނަލް" ސްކްރީނިން ވެސް އެކުލެވިގެންވެއެވެ. މެޓަބޮލިކް ޞިއްޙަތު، ފުރަމޭ، ކުޑަކަމުދާ ނިޒާމު، ޕްރޮސްޓޭޓް އަދި މުޅި ހަށިގަނޑުގެ ޞިއްޙަތުގެ މުހިންމު މައުލޫމާތު ދޭނެ "ކޮމްޕްރިހެންސިވް"' ލެބޯޓްރީ ޓެސްޓްތަކެއް މި ޕެކޭޖްގައި ހިމެނެއެވެ. މި ހުރިހާ ނަތީޖާއެއް މެޑިކަލް ޑޮކްޓަރަކާ އެކު ފައިނަލް ކޮންސަލްޓޭޝަނެއްގައި ރިވިއުކުރުން ވެސް ހިމެނެއެވެ. މި ޕްރޮމޯޝަންގެ ފައިދާ ނެގުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕޮއިންޓްމަންޓް ހައްދަވައިގެން ޚިދުމަތް ހޯއްދެވުމަށް އެދެމެވެ. މިއީ ފިރިހެނުންގެ ޞިއްޙަތަށް އިސްކަންދީ، ބަލިތަކުން ރައްކާތެރިވުމަށް ލިބޭ ރަނގަޅު ފުރުޞަތެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *