Support Us

ޝާހު އިސްމާއިލް އޭނާގެ ބައްޕަ އިސްމާއިލް ޒަކަރިއްޔާއާއެކު ހިނިތުންވެފައި -ފޮޓޯ: ޝާހު އިސްމާއިލް/އެފް.ބީ

ކޮވިޑްގައި ރ. އަތޮޅުގެ ކުރީގެ މެމްބަރު އިސްމާއިލް ޒަކަރިއްޔާ އަވަހާރަވެއްޖެ

ކޮވިޑް19 އަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ރ. އަތޮޅުގެ ކުރީގެ މެމްބަރު އިސްމާއިލް ޒަކަރިއްޔާ އަވަހާރަވެއްޖެއެވެ.

ރ. ކަނދޮޅުދުއަށް އުފަން އިސްމާއިލް ޒަކަރިއްޔާ، 79، އަވަހާރަވީ ދަރުމަވަންތަ ހޮސްޕިޓަލްގެ އައި.ސީ.ޔޫގެ ވެންޓިލޭޓަރުގައި ކޮވިޑަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ. މިއާއެކު ކޮވިޑް19ގައި ރާއްޖޭގައި މަރުވި މީހުންގެ އަދަދު މިހާރު މިވަނީ 33 އަށް ވަނީ އަރާފައެވެ.


އިސްމާއިލް ޒަކަރިއްޔާ އަކީ ރާއްޖޭގައި އުފެދުނު މަޝްހޫރު ފުޓުބޯޅަ ކެޕްޓަން ޝާހު އިސްމާއިލާއި ކުރީގެ މަޝްހޫރު ދުވުންތެރިޔާ، ބައިސްކަލް ދުއްވުންތެރިޔާ އަދި ފުޓުބޯޅަ ކުޅުންތެރިޔާ މާދިހު އިސްމާއިލްގެ އިތުރުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މޭޖަރ އިބްރާހިމް އާޒިމްގެ ބައްޕައެވެ. މި ތިންބެއިންގެ އިތުރުން ވެސް އިސްމާއިލް ޒަކަރިއްޔާގެ 12 ބޭފުޅުން އެބަތިއްބެވިއެވެ. އިސްމާއިލް ޒަކަރިއްޔާ ތިން ބޭފުޅަކާ ކައިވެނިކުރެއްވިއެވެ.

އެންމެނާ ގުޅޭ، ހިތްހެޔޮ މިޒާޖެއްގެ ވެރި އިސްމާއިލް ޒަކަރިއްޔާއަކީ ސަރުކާރުގައި ދިގު މުއްދަތެއްގައި ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އަދި ރައްޔިތުންގެ މަޖިލީސްގައި ރ. އަތޮޅުގެ މެމްބަރުކަން 1 ފެބްރުއަރީ 1981 އިން 1 ފެބްރުއަރީ 1985 އަށް ކުރައްވާފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *