މީހަކު އޭނައާއި އޭނަގެ އާއިލާ އުޅޭނެ ތަނެއް ކުއްޔަށް ލިބޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް، އޭނައަށް ވާނޭ ގޮތެއް ނުވިއެވެ. ސަބަބަކީ އޭނަގެ އާއިލާ ބޮޑުކަމެވެ. އޭނަގެ އަށް ދަރިން ތިބިކަމެވެ.
ދެން، އޭނަގެ އަންހެނުން ގާތު ބުންޏެވެ: ކަނބުލޭގެ ހަގު ހަތް ކުދިން ގޮވައިގެން ގަބުރުސްތާނަށް، ނިޔާވެފައިވާ ކަނބުލޭގެ ބައްޕައަށް ޒިޔާރަތްކޮށްލަން ދާށެވެ.
މިހެން، ބުނެފައި ދޮށީ ދަރިފުޅު ގޮވައިގެން ތަނެއް ލިބޭތޯ ނިކުތެވެ. ދެން، އެންމެ ފުރަތަމަ ބެލި ގެއިން ވެސް ސުއާލުކުރީ ކިތައް ކުދިން ތިބިތޯއެވެ. ޖަވާބުގައި ކުދިންގެ ބައްޕަ ބުންޏެވެ. ހަތް ކުދިންނާއި އެކުދިންގެ މަންމަވެސް ވަނީ ގަބުރުސްތާނުގައެވެ. މިހާރު މިތިބީ އަހަންނާއި އަހަރުމެންގެ އަށް ވަނަ ދަރިފުޅެވެ.
ދެން، ގޭގެ ވެރި ފަރާތުން، އެ ބައްޕަގެ މައްޗަށް ހަމްދަރުދީވެ، އެ ގެ އޭނައަށް ކުއްޔަދޭން ނިންމައި އެކަމާ ބެހޭ އެއްބަސްވުންތަކުގައި ސޮއިކުރިއެވެ.
އެކަން ނިންމާފައި ދިޔަ މަގުމަތީގައި ދަރިފުޅު ގާތު ބައްޕަ ބުންޏެވެ: ދަރިފުޅާއެވެ! ދޮގު ނުހެއްޖަސް، ބޭނުންކުރަންޖެހޭ ބަސްތަކާއި އިބާރާތްކުރަންޖެހޭ ގޮތް އެނގިއްޖެ ނަމަ ބޭނުންވާ ކަންތައް ވެސް ވެދޭނޫން ހެއްޔެވެ! ދެން، ދަރުފުޅު ވެސް ބައްޕައާ އެއްބަސްވެ ލައްބައޭ ބުންޏެވެ.
ކޮންމެއަކަސް، އެ ދަރިފުޅު ބޮޑުވެ، ފަހުން ވަރަށް ހުނަރުވެރި އަދި މަޝްހޫރު ސިޔާސީ ވެރިއަކަށްވިއެވެ.
