އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ދިވެހިން ހިންގަމުންދާ ކެމްޕެއިން މީސްމީޑިއާގައި ފޯރި ހިފަމުން އެބަދެއެވެ.
#އިންޑިއާ އައުޓްގެ ނަމުގައި ކުރިއަށް ގެންދާ މި ކެމްޕޭނުގައި ޓްވީޓަރ އާއި އެފް.ބީގައި އެކި އުމުރުގެ ގިނަ ބަޔަކު ދަނީ ޝުއޫރުތައް ފާޅުކުރަމުންނެވެ. ބައެއް ރަށްރަށުން ވެސް ވަނީ މި ކެމްޕޭނުގައި ބައިވެރިވެފައެވެ.
މީސްމީޑިއާގައި ދައުރުކުރާ ވީޑިއޯ މެސެޖްތަކުގެ އިތުރުން އެކިއެކި ޕޯސްޓްތައް ވެސް ދަނީ ދައުރުކުރަމުންނެވެ.
އިންޑިއާގެ މިލިޓަރީގެ ނުފޫޒު ރާއްޖޭގައި ގަދަވާ ވާހަކަ އިދިކޮޅު ފަރާތްތަކުން ދައްކަމުންދަނިކޮށް އިންޑިއާ ސިފައިންގެ ދެ ޑޯނިއާ ފްލައިޓް ހދ. ހަނިމާދުއަށް އިހަށްދުވަހު ހެނދުނު ވަނީ އައިސްފައެވެ. އެމްއެންޑީއެފުން ބުނީ އެ ދެ ފްލައިޓަކީ ރާއްޖޭގެ ހާއްސަ އިގްތިސާދީ ކަނޑުގެ ސަރަހައްދު (އީއީޒެޑް) ގައި އިންޑިއާ ސިފައިންނާއި އެމްއެންޑީއެފުން ގުޅިގެން ކުރިއަށްގެންދާ ސާވިއެލަންސް ޕެޓްރޯލިންގައި ބައިވެރިވުމަށް އައި ދެ ފްލައިޓު ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ އެކި ބާވަތްތަކުގެ ލޯނުތައް އިންޑިއާއިން ރާއްޖެއަށް ދީ ރާއްޖެ އަތްދަށުލާން އިންޑިއާއިން މަސައްކަތް ކުރަމުންދާ ކަމަށެވެ.
Twitter/Facebook ga India sifain beylumah govaalaa shuooru faalhukuramun dhanee PPM/PNC baeh noon. Eh party ah nisbahvaa memberunves shuooru faalhu nukure ekey noon ekamaku miee party akun raavaigen hingaa kameh noon. Gaumee kameh. #IndiaOut
— Ahmed Azaan (@Azaan2020) September 9, 2020
މާލީ އެހީގެ ގޮތުގައި 250 މިލިއަން ޑޮލަރު (3.9 ބިލިއަން ރުފިޔާ) ގެ އެހީއެއް އިންޑިއާ ސަރުކާރުން ދާދި ފަހުން ވެސް ވަނީ ރާއްޖެއަށް ދޭން ނިންމައިފައެވެ. މި އެހީގެ ޕެކޭޖުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިސާދީ ދަތިކަމުން އަރައިގަނެ، ކޮވިޑް-19 އާއި ދެކޮޅަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އިތުރު އެހީއަކަށް ވެގެންދާނެ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް އެއީ ކިހާ ވަރެއްގެ އިންޓަރެސްޓަކާއެކު ދިން ލޯނުތަކެއް ކަމެއް އަދި އަނބުރާ ދައްކަންޖެހޭ މުއްދަތެއް ވެސް ނޭނގޭތީ އިދިކޮޅު ފަރާތްތަކުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދިި ރާއްޖެ އަށް ދެ ހެލިކޮޕްޓަރު "ހަދިޔާކޮށް" އެ ދެ ހެލިކޮޕްޓަރު އުދުއްސަން އިންޑިއާ ސިފައިން ރާއްޖޭގައި ބައިތިއްބާފައި ތިބޭ މައްސަލަ އާއި އައްޑޫ ހަންކެޑައިގައި އިންޑިއާ އިން ހަދާ ޕޮލިސް ޓްރޭނިން ސްކޫލަކީ އިންޑިއާގެ މިލިޓަރީ ބޭސްއެއް ކަމަށް ބުނެވެސް އިދިކޮޅު ފަރާތްތަކުން ދަނީ ޝަކުވާކުރަމުންނެވެ. އެކަމަކު ދިވެހި ސަރުކާރުން އެކަން ދޮގުކުރެއެވެ.
GMR still hasnt paid the taxes it owes the maldivian govt. This is the true face of India. They will bleed us dry and then kick us when we are down.#IndiaOut
— DhivehiMusafir (@DhivehiMusafir) September 8, 2020
ލޯނާއި މިލިޓަރީ އެހީތައް ދީ، އިންޑިއާއިން ރާއްޖެ އަޅުވެތިކުރާ ކަމަށް ބުނެ އެކަމާ ދެކޮޅަށް ގިނަ ބަޔަކު #އިންޑިއާއައުޓް ކެމްޕެއިން ހިންގަމުންދާއިރު ދިވެހި ސަރުކާރުގެ އިސް ފަރާތްތަކުން ދަނީ އިންޑިއާގެ އެހީތެރިކަމާއި މަދަދުގެ ވާހަކަތައް ދައްކައި އިންޓަވިއު ދީ، އިންޑިއާ ރުހޭ ކަހަލަ ޓްވީޓްތައް ކުރަމުންނެވެ.



advertisment