ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ކަމުގެ މަގާމަށް މުހައްމަދު ނާސިހް އަދި ނައިބް ރައީސްގެ މަގާމަށް އިބްރާހިމް ރަޝީދު ރައްޔިތުންގެ މަޖިލީހުން މިއަދު އައްޔަންކޮށްފި އެވެ.
ސިވިލް ސާވިސްގެ ރައީސް ކަމަށް ނާސިހް އަދި ނައިބު ރައީސް ކަމަށް ރަޝީދު އައްޔަން ކޮށްފައިވަނީ މިއަދުގެ ޖަލްސާގެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެމްބަރުންގެ އިއްތިފާގުންނެވެ.
މުހައްމަދު ނާސިހު މިހާތަނަށް ހުންނެވީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައެވެ.
ނާސިހާއި ރަޝީދުގެ އިތުރުން ސިވިލް ސާވިސް ކޮމިޝަނަށް އައްޔަން ކުރައްވާފައިވާ އަނެއް ދެ ބޭފުޅުންނަކީ ގދ. ތިނަދޫ މާކޯޅި، ފާޠިމަތު ޝަރީފާއި ހ. ޓޫހާޓްސް، މުޙައްމަދު ފަރުޞަތެވެ.



advertisment