Support Us

އިޒުރޭލުގެ ވައިޒްމަން އިންސްޓިޓިއުޓަށް އީރާނުން ހަމަލާދިނުމުން ތަޖުރިބާކާރުން ހައިރާންވެފައި

އިޒުރޭލުގެ ވަރަށް ނާޒުކު ރިސާރޗް ސެންޓަރެއް ކަމަށްވާ ވައިޒްމަން އިންސްޓިޓިއުޓު، އީރާނުގެ މިސައިލް ހަމަލާއެއްގެ ސީދާ އަމާޒަކަށް ވުމުން ތަޖުރިބާކާރުން ވަނީ ހައިރާންވެފައެވެ. ވައިޒްމަން އިންސްޓިޓިއުޓަކީ، އާންމުކޮށް ގޫގުލް މެޕްސްއިން ވެސް މުޅިން ސާފުކޮށް ނުދައްކާ، އަދި އެހާމެ ވަރުގަދަ ސެކިއުރިޓީއާއެކު ޙިމާޔަތް ކޮށްފައިވާ ތަނެކެވެ.

ތެލްއަވީވް ކައިރީގައި ހުންނަ އެ ފެސިލިޓީގެ ބައެއް ޢިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ސެޓެލައިޓް ފޮޓޯތަކާއި މަންޒަރުތަކުން ކަށަވަރުވެފައި ވެއެވެ.

ވައިޒްމަން އިންސްޓިޓިއުޓަކީ އިޒުރޭލުގެ ޑިފެންސް ރިސާޗާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ޑްރޯން ޓެކްނޮލޮޖީ އާއި ބަޔޮލޮޖީއާއި ކެމިސްޓްރީ އަދި ފިޒިކްސްގެ ދާއިރާއިން މުހިންމު ދައުރެއް އަދާކުރާ ތަނެކެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި، އެ އިންސްޓިޓިއުޓުގެ ސީދާ ޖުޣުރާފީ ސަރަޙައްދާއި އަދި އެ އިންސްޓިޓިއުޓަށް އީރާނުން ދިން ފަނާކުރަނިވި ހަމަލާއަކީ އީރާނުގެ ޖާސޫސީ ގާބިލްކަމާއި މިސައިލް ނޭވިގޭޝަން ޓެކްނޮލޮޖީގެ މޮޅުކަން ސާބިތުކޮށްދޭ ހެއްކެކެވެ.

މި ހަމަލާގެ އަސަރާއި ލިބުނު ގެއްލުމުގެ ފުރިހަމަ ތަފްސީލެއް އަދި އިޒުރޭލު ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

އޮބްޒާވަރުން ބުނާ ގޮތުގައި ހަގީގަތުގައި ވެސް، އެ މުއައްސަސާ މުޅިން ހަލާކުވެއްޖެ ނަމަ އެއީ އިޒުރޭލުގެ ސައިންސާއި އަދި ޑިފެންސް ޓެކްނޮލޮޖީގެ އިންފްރާސްޓްރަކްޗާރ އަށް ލިބުނު އިއާދަ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމަކަށް ވާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *