Support Us

ބްރޯޑްކޮމް އާއި މީޑިއާ ކައުންސިލްގެ އެސް.ޖީ އާއެކު ސީ.އެސް.ސީ އަށް ހަތަރު ނަމެއް ފާސްކޮށްފި

ސިވިލް ސާވިސް ކޮމިޝަނަށް އައްޔަންކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމް.އެމް.ސީ)ގެ ސެކްރެޓަރީ ޖެނެރަލް (އެސް.ޖީ) އާއެކު ހަތަރު ބޭފުޅަކު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މިގޮތުން ބްރޯޑްކޮމްގެ އެސް.ޖީ، މ. ފަލްކަންގެ، މުހައްމަދު ނާސިހާއި އެމް.އެމް.ސީގެ އެސް.ޖީ، ހ. ޓޫހާޓް، މުހައްމަދު ފަރުޝަތުގެ އިތުރުން، އެމް.ޑީ.ޕީގެ މަޖިލިސް މެމްބަރު ޢަބްދުﷲ ސަނީފްގެ ކުރީގެ އަނބިކަނބަލުން، ގދ. ތިނަދޫ، މާކޯޅި، ފާތިމަތު ޝަރީފާއި ރ. މީދޫ، ބްލެކް، އިބްރާހިމް ރަޝީދު ސިވިލް ސަރވިސް ކޮމިޝަނަށް އައްޔަން ކުރުމަށް ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

ސިވިލް ސާވިސް ކޮމިޝަނަށް މެމްބަރުން ހޮވަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން 13 ނަމެއް ޝޯޓްލިސްޓްކުރިއިރު އެ ލިސްޓްގައި ސަނީފުގެ މަސްލަހަތު ހިމެނޭ ބޭފުޅަކު އޮތުމުން އެކަން މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ބަލަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެންގެވި އެވެ. އަދި، އެ ނަންތައް ކަނޑައެޅުގައި މަސްލަހަތު ފުށުއަރާ ކަމެއްގައި ސަނީފު ބައިވެރިވެވަޑައިގެންފައިނުވާ ކަމަށް މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ވަނީ ނިންމައިފައެވެ. އެއީ އެނަމާ މެދު ގޮތެއް ނިންމަން ކޮމިޓީގައި ނެގި ވޯޓުގައި ވެސް އަދި އެ އިންޓަވިއުގައި ވެސް ސަނީފް ބައިވެރިވެވަޑައިގެންފައި ނުވާތީއެވެ.

މި ދައުރުގެ ފަހު ޖަލްސާ ކަަމަށް ވާތީ، ޗުއްޓީ އަށް ވަޑައިގަތުމުގެ ކުރިން، ނުނިމި ހުރި މުހިންމު މަސައްކަތްތައް ނިންމުމަށްޓަކައި މިއަދުގެ ޖަލްސާ ވަނީ 11 ގަޑިއިރު ވަންދެން ކުރިއަށް ގެންދަވައިފައެވެ. މިއަދުގެ ޖަލްސާ މެދުކަނޑާލެއްވީ، ބާކީ ބައި އެހެން ދުވަހަކުން ބާއްވަވާނެ ކަމަށް އިއުލާން ކުރައްވައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް