މެލޭޝިޔާގައި ކިޔަވަން ހުންނަ ދިވެހި ފިރިހެން ކުއްޖަކު ގެއްލިގެން ހޯދަންފަށައިފިއެވެ.
މެލޭޝިޔާގައި އުޅޭ ދިވެހީންގެ ވަޓްސްއަޕް އަދި ވައިބަރ ގްރޫޕުތަކުގައި، ފޮޓޯއާއެކު ދައުރުވަމުން އަންނަ މެސެޖެއްގައި ބުނަނީ އިއްޔެ މެންދުރުފަހު ތިނަކުން ފެށިގެން، އަހުމަދު އުސެއިދު އިބްރާހިމް އަފީފު ވީނުވީ ތަނެއް ނޭނގި ގެއްލިފައިވާ ކަމަށެވެ.
އޭނައާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ، މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީއަށް އެންގުމަށް ވެސް އެ ޕޯސްޓުގައި އެދިފައިވެއެވެ.
އުސެއިދު ގެއްލިގެން ހޯދަމުން އަންނަކަން ދިވެހި އެމްބަސީންވެސް ކަށަވަރުކޮށްދެއެވެ.




advertisment