މުލަރޯދަ ދުވަހު ކަރަންޓު ބޭނުންކުރި މިންވަރު ވަރަށް ބޮޑުތަނުން ދަށް ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
މާލެއާއި ހުޅުމާލޭގައި އިއްޔެ ކަރަންޓު ބޭނުންކުރެވިފައިވާ ގޮތަށް ބަލާއިރު، ވިއްސާރަ ދުވަހަކަށް ވުމުންނާއި، ސްކޫލްތަކާއި އޮފީސްތައް ބަންދުވުމާއެކު، އެންމެ ޕީކްގައި ބޭނުންކޮށްފައި ވަނީ 78 މެގަވޮޓް ކަމަށް ސްޓެލްކޯ އިން ބުނެއެވެ.، ރޯދަ މަހުގެ ކުރިން ޕީކް ގަޑީގައި ކަރަންޓު ބޭނުންކުރާ މިންވަރު އެވްރެޖްކޮށް ހުރީ 100 މެގަވޮޓް އިން މަތީގައި ކަމަށް ވެސް ސްޓެލްކޯ އިން ބުނެއެވެ.
ސްޓެލްކޯ އިން އެކްސްގައި އާންމުކުރި ގްރާފަށް ބަލާއިރު އިއްޔެ އެންމެ މައްޗަށް ކަރަންޓް ބޭނުންކޮށްފައި ވަނީ ހަވީރު ހަތަރެއްޖެހި އިރުއެވެ. އެއީ 78،029 ކިލޯވޮޓެވެ.
އިއްޔެ އެންމެ މަދުން ކަރަންޓު ބޭނުންކޮށްފައިވަނީ ހެނދުނު 7.30ގައެވެ. އެއީ 55،474 ކިލޯވޮޓެވެ.




advertisment

