ލޮނުމެދު ބާޒާރަށް ނެރެ، އެސްޓީއޯ އިން ވިއްކާ ފިޔާ، ބިސް، އަލުވީގެ އަގުހެޔޮކޮށްފިއެވެ.
ލޮނުމެދު ކިލޯއެއް ވިއްކަނީ 45ރ. އަށެވެ. ލޮނުމެދު ލިބެން ހުންނާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އިންނެވެ.
ފިޔާ، އަލުވި، ބިސް ވިއްކާ އަގުތައް
ފިޔާ: ބަސްތާއެއް 335ރ. ކިލޯއެއް 14ރ.
ބިސް: ކޭހެއް 350ރ. ވަކިން 2ރ.
އަލުވި: ބަސްތާއެއް 515ރ. ކިލޯއެއް 25ރ.
"މީ އެސްޓީއޯއިން ރަމަޟާން މަހަށް ހާއްސަ ކޮށްގެން ފިޔާ، ބިސް، އަދި އަލުވި ބާޒާރަށް ނެރެންފެށި ފަހުން ބާޒާރުގެ އަގުތަކަށް އަންނަ ހެޔޮ ބަދަލާ ގުޅިގެން އަގަށް ބަދަލު ގެންނަ ހަތަރު ވަަނަ ފަހަރެވެ." އެސް.ޓީ.އޯ އިން ބުންޏެވެ.
"ރަމަޟާން މަހަށް ޚާއްޞަކޮށް އެސްޓީއޯއިން އިމްޕޯޓްކުރާ މައިގަނޑު ތަކެތީގެ ތެރޭގައި ފިޔާ، ބިސް އަދި އަލުވި ހިމެނެއެވެ. މި ތަކެތި އިމްޕޯޓްކުރުމުގެ މައިގަނޑު ބޭނުމަކީ ރޯދަމަހު މި ތަކެތީގެ އަގު އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމެވެ. ރަމަޟާން މަހަކީ ކާބޯތަކެއްޗަށް ޑިމާންޑް އިތުރުވާ މޫސުމަކަށް ވާތީ، މި ފަދަ އަސާސީ ތަކެތި އެކަށޭނަ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އެސްޓީއޯގެ އަމާޒެކެވެ. އަދި މި ތަކެތީގެ އަގު ކަނޑައަޅާފައިވަނީ ބާޒާރުގެ އަގުތަކަށް ރިޢާޔަތްކޮށްގެންނެވެ. އަދި ބާޒާރުގެ އަގުތަކަށް އަންނަ ބަދަލާ ގުޅިގެން އެސްޓީއޯއިން ވިއްކާ އަގަށްވެސް ބަދަލު ގެނެވޭނެއެވެ."
ބާޒާރަށް އަންނަ ބަދަލުތަކާ ގުޅިގެން އެސްޓީއޯއިން ވަނީ ހަތަރު ކެޓެގެރީ އަކަށް ބަހާލެވިގެން ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފައެވެ.
އެއީ:
އަސާސީ ކާބޯތަކެތި: ފިޔާ، ބިސް އަލުވި، ކާށި، ކަދުރު
ތާޒާ ތަރުކާރީ އަދި މޭވާ: ލުނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް
ޕްރޮސެސްޑް ކާނާ : ނެސްލޭ ކުރީމް، ކޮކޯ ޕައުޑަރ، ބޭކްޑް ބީންސް، ގެރިކިރު ދަޅު
ކެއްކުމަށް ބޭނުންކުރާތަކެތި: ސަންފްލާވަރ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތީ ހަނޑޫ



advertisment

