Support Us

ހުޅުދެލީ ބިންހިއްކުން ލަސްވެގެން ޖުލައިގައި ފަށާނަން: ރައީސުލްޖުމްހޫރިއްޔާ

ލަސްވެގެން މިއަހަރުގެ ޖުލައި މަހު، ދ. ހުޅުދެލީ ފަޅުތެރެއިން ހިއްކެން އޮތް އެންމެ ބޮޑު މިނެއްގައި ބިންހިއްކުމުގެ ޢަމަލީ މަސައްކަތް ފައްޓަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ، ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހުޅުދެއްޔަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ބިންހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަވާނީ ބިން ހިމާޔަތްކޮށްދިނުމުގެ މަސައްކަތްވެސް ހިމެނޭ ގޮތަށް ކަމަށާއި، ޖުލައި މަހު ޢަމަލީ މަސައްކަތް ފެއްޓެވުމަށްފަހު އެ މަސައްކަތް ހުއްޓަވާލައްވާނީ، ބާރު ދުވެލީގައި ގެންގޮސް މަސައްކަތް ފުރިހަމަކުރެއްވުމަށް ފަހުގައި ކަމަށް ވިދާޅުވެފައެވެ.

މި މަސައްކަތުގެ އިތުރުން، ހުޅުދެލީ ސްކޫލަށް ބޭނުންވާ ޖާގަ އިތުރުކޮށް، ސްކޫލަށް ބޭނުންވާ ބިނާރު ހަމަކުރުމުގެ ޢަމަލީ މަސައްކަތް މޭ މަހު ފައްޓަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އިންސާނީ އަދި ޢުމްރާނީ ވަޞީލަތްތައް ހިމެނޭނޭހެން، ޞިއްޙީ ދާއިރާއަށް ބޭނުންވާ ބިނާރު ފުރިހަމަކުރެވިފައިވާ ފުރިހަމަ ޞިއްޙީ މަރުކަޒެއް ހުޅުދެލީގައި ޤާއިމުކޮށްދެއްވާނޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މަސްވެރިކަމުގެ ދާއިރާއަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވަނީ، މި އަހަރުގެ ތިންވަނަ ކުއާޓަރ ތެރޭގައި ހުޅުދެލީގައި އައިސްޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް ފައްޓަވާނޭކަމަށް ވިދާޅުވެފައެވެ. އަދި ސްޕޯޓްސް ފިޝިން އަށް ބޭނުންވާ ބޮއި ޤާއިމުކުރާ ރަށްތަކުގެ ތެރޭގައި ހުޅުދެލިވެސް ހިމަނުއްވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ވަނީ ހުޅުދެލީގައި ޤާއިމުކުރާ ވޭސްޓް މެނޭޖްމަންޓް ސެންޓަރު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. އެ ރަށުގެ ކުނީގެ މައްސަލައަކީ ރިޔާސީ ވަޢުދެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ގިނަވެގެން ހަތަރު މަސް ދުވަހުގެ ތެރޭގައި، ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ވަޞީލަތާއި މުވައްޒަފުން ހަމަކޮށް، ޚިދުމަށް ދޭން ފެށޭނެ ކަމަށެވެ.

މިއަދު، ހުޅުދެލީގައި އޭ.ޓީ.އެމްގެ ޚިދުމަތް ފެށުމާއެކު، ނިލަންދެއަތޮޅު ދެކުނުބުރި މިހާރު ވެފައިވަނީ، ވަކި ރަށްތަކުގެ މައްޗަށް އެކުލެވިފައިވާ އެއް އަތޮޅެއްގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރެވުނު ފުރަތަމަ އަތޮޅަށްކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *