އެ.ސްޓީ.އޯ އިން މާފަންނުގައި އައު ފާމަސީއެއް މިއަދު ހުޅުވައިފިއެވެ. މި ފާމަސީ ހުންނަނީ މަޖީދީ މަގު، ވެލިގާ ހާޑްވެއާގެ އަނެއް ކަންމަތީގައެވެ.
"މި ލޮކޭޝަނަކީ ގިނަ ކްލިނިކް ތަކެއް ހުންނަ ހިސާބެއް ކަމުން ޑޮކްޓަރަށް ދައްކާ ފަރާތްތަކަށް އެސްޓީއޯގެ ފާމަސީގެ ހިދުމަތް ކްލިނިކްތަކާ ކައިރިން ލިބެން ހުންނާނެއެވެ." އެސް.ޓީ.އޯ އިން ބުނެއެވެ. "މި ފާމަސީއަކީ ޒަމާނީ ކޮންސެޕްޓެއްގެ މައްޗަށް ބިނާކޮށްފައިވާ ފާމަސީއެކެވެ. އެގޮތުން ހިދުމަތް ހޯއްދަވާ ފަރާތްތަކަށް ބޭހާއި، ހޮސްޕިޓަލް އަދި ގޭގައި ބޭނުންކުރުމަށް ގެންގުޅޭ މެޑިކަލް އިކުއިޕްމަންޓުގެ އިތުރުން ހޯމްކެއާ އަދި ޕަރސަނަލް ކެއަރ ރޭންޖްގެ ވަރަށް ގިނަ ތަކެތި ފާމަސީ އިން ލިބިލައްވާނެއެވެ."
މި ފާމަސީގެ ދެ ވަނަ ފަންގިފިލާ ހާއްސަކުރެވިފައި ވަނީ މެޑިކަލް އިކުއިޕްމެންޓްސް އާއި މެޑިކަލް ކޮންޒިއުމަބަލަސްގެ ތަފާތު ފަހުގެ ޒަމާނީ ފްރޮޑަކްޓްސްތަކަށެވެ. އަދި ދެވަނަ ފަންގިފިލާއިން ހޯލްސޭލް ކަސްޓަމަރުންނަށް ހާއްސަކުރެވިފައިވާ ކައުންޓަރެއް ހުރެއެވެ.
"ކަސްޓަމަރުންނަށް ބޭނުންތެރި އަދި މުހިއްމު އެތައް ވަސީލަތެއް ލިބޭނެ އިންތިޒާމް ހަމަޖެހިފައި ހުރުމުގެ ސަބަބުން، ފާމަސީ ހުޅުވުމާއެކު ޙިދުމަތް ހޯއްދަވަން ވަޑައިގަންނަވާ ފަރާތްތަކަށް ގިނަގުނަ ފަސޭހަތަކެއް ލިބޭނެއެވެ."

ފާމަސީ ހުޅުވާފައި ހުންނަ ވަގުތުތައް:
ހޮނިހިރު – ބުރާސްފަތި: ހެނދުނު 08:00 އިން ރޭގަނޑު 10:00 އަށް
ހުކުރު: މެންދުރު 02:00 އިން ރޭގަނޑު 10:00 އަށް



advertisment

