Support Us

"90 ޕްލަސް ގޯލްޑް ކަޕް 2024″ގެ ނިންމުމުގެ ރަސްމިއްޔާތު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

"90 ޕްލަސް ގޯލްޑް ކަޕް 2024″ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ބ. އޭދަފުއްޓާއި އައްޑޫ ސިޓީ ބައްދަލުކުރި މެޗާއި، މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗާއި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިރޭ ގަލޮޅު ރަސްމީ ދަނޑުގައެވެ.

ފޯރިގަދަ ކުޅުމަކަށްފަހު 0-2 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށް، "90 ޕްލަސް ގޯލްޑް ކަޕް 2024″ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އޭދަފުށީ ޓީމެވެ. ޗެމްޕިއަން ޓީމަށް މެޑެއްޔާއި ތަށި ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފައިނަލް މެޗުގައި އޭދަފުށި ޓީމުން މުބާރާތުގެ ޗެމްޕިއަންކަން ހޯދި ގޯލުޖެހި ބޯޅައިގައި ސޮއިކުރައްވާފައެވެ.

"90 ޕްލަސް ގޯލްޑް ކަޕް 2024″ ފުޓްބޯޅަ މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން އަމިއްލަ ފަރާތަކުން ރާވައި ހިންގި ފުޓްބޯޅަ މުބާރާތެކެވެ. މިދިޔަ މަހުގެ 20 ގައި ފެށި މި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 17 ޓީމަކުން ވާދަކުރިއެވެ. ގޯލްޑް ކަޕްގެ ސަބަބުން ދިވެހި ފުޓުބޯޅައިގެ ފުރަތަމަ ޑިވިޝަނުގެ މޮޅު ކުޅުންތެރިންނާއެކު ކުޅުމުގެ ފުރުޞަތު، އައު ކުޅުންތެރިންތަކަކަށް ލިބިގެންދިޔައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *