ތިރީގައި މި ވަނީ މާމެލާމެއްޔާ ބެހޭ ގޮތުން މީހުން ބުނެފައި ހުރި ބައެއް ވާހަކަތަކެވެ.
1. އިރުގެ އަލިކަމެއް ނެތި މަލަކަށް ދިރުން ނުލިބޭނެއެވެ. ހަމަ އެހެންމެ، އިންސާނާގެ ހަޔާތުގެ ބަގީޗާގައި ލޯބީގެ މަލެއް ނުފޮޅޭ ނަމަ، އޭނަގެ ހަޔާތަށް ފުރިހަމަ ދިރުމެއް ނާންނާނެއެވެ.
2. ލޯތްބަކީ ވާވަލުގައި ފޮޅޭ މަލެއް ފަދަ އެއްޗެކެވެ. އިންސާނާއަށް އޭނަގެ ލޯބި ލިބެނީ ހީ ވެސް ނުކުރާ ގޮތަކަށް، އަދި ހީ ވެސް ނުކުރާ ތަނަކުންނެވެ.
3. ރަނގަޅު ދިމާއަށް ބަލާލެވޭ ނަމަ، މުޅި ދުނިޔެ ކަލެއަށް ފެންނާނީ މާބަގީޗާއެއްގެ ގޮތުގައެވެ.
4. ފިނިފެން މާމަލުގައި ވަސް ބަލާލުމަށް ވަގުތު ހޯދާށެވެ. ކޮންމެ ފިނިފެން މަލެއްގައި ވެސް މެ، މީރު ވަހެއް ހުންނާނެއެވެ. އެ ފިނިފެން މަލުގެ ހަޔާތަށް އަސުރުގެ އިރު އަރާފައިވާ މާމަލުގައި ވެސް މެއެވެ.
5. އުފަލެއް ލިބުމަކީ ހިތުގެ ބިމުގައި އޮށެއް އިންދިދާ ފަދަ ކަމެކެވެ. އެ އުފާ ހިއްސާ ކުރަން ޖެހޭ މީހުންނާ ހިއްސާ ކުރުމަކީ އެ އޮށް ގަހަކަށްވެ، އެ ގަހުގައި މާ އަޅައި މުޅި ޖައްވުގައި އެ މަލުގެ މީރު ވަސް ދުއްވާލުން ކަހަލަ ކަމެކެވެ.
6. ލޯތްބަކީ، އެ މާ ހެދި ބޮޑުވާން ދޫކޮށްލަން ޖެހޭނެ މަލެކެވެ. ނަމަވެސް، އެ މަލަށް އަޅާލުން ހުއްޓާލައިގެން ނުވޭނެއެވެ. ފަޅުގައި އަޅާފައި އޮންނަ އަމިއްލަ ދޯނިވެސް، އެ ދޯނި ނުބެލެހެއްޓޭ ކަމަށް ވަންޏާ، ޖެހޭ ވަޔާ އޮއިގެ ތައުސީރުގައި އެ ދޯނީގެ ވާ ކަނޑަލާފައި، ދޯނި ގެއްލޭ ގޮތް ވެއެވެ.
7. މާމާ ދެކެން ބޭނުންވާ މީހާއަށް މާމާ ފެންނާނެއެވެ. ހަމަ އެހެންމެ، ވުޖޫދުން ރީތިކަން ދެކެން ބޭނުންވާ މީހާއަށް ވުޖޫދުން ރީތިކަން ފެންނާނެއެވެ.
8. މާމެލާމެލި ނެތް ނަމަ، ދުނިޔެ ވާނީ ހާދަހާވާ އެކަނިވެރި ތަނަކަށެވެ. ހަމަ އެހެންމެ، ލޯބި ނެތް ނަމަ ހަޔާތް އެކަނިވެރ ވެއެވެ.
9. މާ ގަހެއް ބަލަހައްޓާ ނަމަ، އެ ގަސް ހެދޭނެއެވެ. އޭގެ ވަށައިގެން ކިތަންމެ ގިނަ ވިނަ ގަސްތައް ހެދުނު ކަމުގައި ވިޔަސް ވެހެވެ. ލޯތްބަކީ ވެސް ހަމަ އެ ފަދަ ގަހެކެވެ. އެ ގަސް ހެދި ބޮޑުވެ ދިޔުމަށްޓަކައި އެ ގަހަށް އަޅާލައި ބަލަހައްޓަން ޖެހެއެވެ.
10. މަލެއްގައި އިދިކީލަ އެތައް ސިފަތަކެއް ހުރެއެވެ. މަލަކީ ވަރަށް ވެސް ނާޒުކު އެއްޗެކެވެ. ނަމަވެސް، އޭގެ މީރު ވަސް ގަދަވެފައި ޖައްވުގެ ތެރެއަށް ފަތުރާލައެވެ. މަލުގެ ސައިޒަށް ބަލާލާ އިރު ވަރަށް ވެސް ކުޑައެވެ. ނަމަވެސް، އޭގެ ރީތިކަން ވަރަށް ވެސް 'ބޮޑެވެ'! މަލުގެ އުމުރު ދާދި ކުރެވެ. ނަމަވެސް، އޭގެ ތައުސީރު އަހަރުތަކަކަށް ވެސް ދެމިގެން ދެއެވެ! ތެދުވެރި ލޯތްބަކީ ވެސް މިފަދަ މަލެއް ކަހަލަ އެއްޗެކެވެ!
