Support Us

ކުރު ވާހަކަ: ޖަވާހިރެއް ދިރުވާލި މީދާ

އެއް ދުވަހަކު، މުއްސަންޖެއްގެ ގެއަށް މީދަލެއް ވަދެ އަގު ހުރި ޖަވާހިރެއް ދިރުވާލިއެވެ. ދެން، އެ މުއްސަނދި މީހާ މީދާ ހިފާ މީހެއް ގެނައެވެ. ޖަވާހިރު ދިރުވާލި މީދާ ހިފުމަށެވެ.

މީދާ ހިފާ މީހާ މުއްސަނދި މީހާގެ ގޭގެ ސީލިންގު މަތި ބަލައިލިއިރު ކަމަކުދާކަށް ނެތެވެ. އެ ތަނުގައި މީދަލުގެ ލަޝްކަރެއް އޮތެވެ. އެހެން ވިޔަސް، މީދަލުގެ ޖަމާއަތާ ދުރުގައި ވަކިން އިން މީދަލެއް ވެސް އިނެވެ. ޖަވާހިރު ދިރުވާލީ އެ މީދާކަން މީދާ ހިފާ މީހާއަށް އެނގުނެވެ.

އެ ވަގުތު މީދާ ހިފާ މީހާ އެ މީދާ ހިފައި މަރާލާފައި އޭގެ ބަނޑުގައި އޮތް ޖަވާހިރު ނެގިއެވެ.

މިތަން ފެނިފައި މުއްސަނދި މީހާ ހައިރާންވެ މީދާ ހިފާ މީހާ ކުރެން އެއްސެވެ. "ތި ހުރިހާ މީދަލެއް ސީލިންގު މަތީ އޮތް އިރު، ޖަވާހިރު ދިރުވާލީ ވަކި މީދަލެއްކަން އިނބައަށް އެނގުނީ ކިހިނެއް ހެއްޔެވެ؟"

ދެން، ޖަވާބުގައި މީދާ ހިފާ މީހާ ބުންޏެވެ: "ދާދި ފަސޭހައިން އެކަން އެނގިދާނެއެވެ. ކުއްލި ގޮތަކަށް މުއްސަނދިވާ ނޫނީ ބޮޑެތި މަގާމު ލިބޭ ދެރަ ނިކަމެތި މީހާ އޭނަގެ ބޮޑުކަން ދެއްކުމަށްޓަކައި އެހެން މީހުންނާ ދުރަށްޖެހިލާނެއެވެ!"