Support Us

ކޮލަމް ކޯދު: މީހަކު ބުނާ ވާހަކައެއް

1. ހިތަށް ކުރެވޭނޭ އެންމެ މޮޅު ކަސްރަތަކީ ތިރިވެލާފައި، ވެއްޓިފައި އޮތް މީހަކު ނަގައި އުފުލާލުމެވެ.

2. ގުޅުންތައް ދެމެހެއްޓުމުގެ އެންމެ މުހިއްމު ވަސީލަތަކީ އެކަކު އަނެކަކަށް އަޅާލައި އިހުތިރާމު ކުރުމެވެ.

3. އެއްދުވަހެއްގައި އަހަރުމެންނަށް އަޅާލި މީހުންނަށް އަޅާލުމަށް ވުރެ ބޮޑު ޝަރަފެއް ނުވެއެވެ.

4. އުއްބަތިއަކަށް، އެހެން އުއްބަތިއެއް ރޯކޮށްލުމަކުން، ލިބޭނޭ އުނިކަމެއް ގެއްލުމެއް ނޯންނާނެއެވެ.

5. ހިނިތުންވެލުމަކީ، އޭގެ ތެރެއިން ކަލޭގެ ހިތް ފެންނަ، އަދި އެ ހިތަކީ އަޅާލާ ހިތެއްކަން އަންގައިދޭ ކުޑަދޮރެކެވެ.

6. ހިއްވަރު ވެސް ލިބެނީ އަޅާލުމުގެ ތެރެއިންނެވެ. އެހެންވެ، ހިއްވަރު ގަދަ މީހަކަށް ވާން އެދޭ ނަމަ، އެހެން މީހުންނަށް އަޅާލާށެވެ!

7. އިންސާނިއްޔަތުކަމުގެ އެންމެ މަތީ ދަރަޖައަކީ އެހެން މީހުންނަށް އަޅާލުމެވެ. އިންސާނިއްޔަތުގެ ސިފަ ހުރި ކަމަށްވާ ނަމަ، އެންމެ ފުރަތަމަ ތިމާގެ އަޚު އިންސާނާއަށް އަޅާލާށެވެ. ޖަނަވާރުންނަށް އަޅާލުން އަންނަން ޖެހޭނީ އެއަށް ފަހުއެވެ.

8. އެކަކު އަނެކަކާ ގުޅުވާލަދޭ ފާލަމަކީ އެކަކު އަނެކަކަށް އަޅާލުމެވެ.

9. އަނެކާއަށް އަޅާލުން އަންގައިދެނީ އޭނައަކީ ތިމާ ގާތު މުހިއްމު މީހެއް ކަމެވެ. އަބަދުވެސް އޭނަ މަތިން ހަނދާން ކުރާ މީހެއް ކަމެވެ. ވަގުތެއް ވީމާ ގޮވާލާ މީހެއް ނޫން ކަމެވެ. ނަމަވެސް، ވަގުތު ހޯދައިންގެ އޭނަގެ ކަންކަން ބަލާ މީހެއްކަމެވެ.

10. ކަލޭ ކަމެއް ބޭނުން ވެގެން، ތެދު ނިޔަތުގައި އެކަން ހާސިލުކުރަން މަސައްކަތްކޮށްފި ނަމަ، މުޅި ކައުނު ވެސް ކަލެއަށް އެކަން ކާމިޔާބުކޮށްދޭން މަސައްކަތް ކުރާނެއެވެ!