ސިވިލް ސާވިސް ކޮމިޝަނުން ހުސްވެފައިވާ ހަތަރު ޖާގައަށް މެމްބަރުން އައްޔަން ކުރުމުގައި، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމް.އެމް.ސީ)ގެ ސެކްރެޓަރީ ޖެނެރަލް (އެސް.ޖީ) އަށް ވޯޓު ދިނުމަށް އެމް.ޑީ.ޕީން ތްރީލައިން ވިޕެއް ނެރެފިއެވެ.
އެމް.ޑީ.ޕީގެ ޕާލަމެންޓަރީ ގްރޫޕު (ޕީ.ޖީ)ގެ މެމްބަރަކު "އަދިވެސް" އަށް ކަށަވަރުކޮށްދެއްވި ގޮތުގައި ރޭ ބޭއްވި ބަދަލަވުމެއްގައި، ވޯޓު ދިނުމުގައި ފެހިކުލަ ޖަހަން ތްރީލައިން ވިޕެއް ނެރެފައި ވަނީ ބްރޯޑްކޮމްގެ އެސް.ޖީ، މ. ފަލްކަންގެ، މުހައްމަދު ނާސިހާއި އެމް.އެމް.ސީގެ އެސް.ޖީ، ހ. ޓޫހާޓް، މުހައްމަދު ފަރުޝަތުގެ އިތުރުން، އެމް.ޑީ.ޕީގެ މަޖިލިސް މެމްބަރު ޢަބްދުﷲ ސަނީފްގެ ކުރީގެ އަނބިކަނބަލުން، ގދ. ތިނަދޫ، މާކޯޅި، ފާތިމަތު ޝަރީފާއި ރ. މީދޫ، ބްލެކް، އިބްރާހިމް ރަޝީދަށެވެ.




ސިވިލް ސާވިސް ކޮމިޝަނަށް މެމްބަރުން ހޮވަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން 15 ނަމެއް ޝޯޓްލިސްޓްކުރިއިރު އެ ލިސްޓްގައި ސަނީފުގެ މަސްލަހަތު ހިމެނޭ ބޭފުޅަކު އޮތުމުން އެކަން މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ބަލަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެންގެވި އެވެ. އަދި، އެ ނަންތައް ކަނޑައެޅުގައި މަސްލަހަތު ފުށުއަރާ ކަމެއްގައި ސަނީފު ބައިވެރިވެވަޑައިގެންފައިނުވާ ކަމަށް މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން މިއަދު ވަނީ ނިންމައިފައެވެ. އެއީ އެނަމާ މެދު ގޮތެއް ނިންމަން ކޮމިޓީގައި ނެގި ވޯޓުގައި ވެސް އަދި އެ އިންޓަވިއުގައި ވެސް ސަނީފް ބައިވެރިވެވަޑައިގެންފައި ނުވާތީއެވެ.
މި މައްސަލައިގައި ކުރެއްވި ޓްވީޓެއްގައި މަޖިލިސްގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މިއަދު ވިދާޅުވީ، ކޮމިޓީ މަރުހަލާގައި މަސްލަހަތު އޮތް އެއްވެސް ބޭފުޅަކު، އެ ބޭފުޅަކާ ގުޅުންހުރި ބޭފުޅެއްގެ އިންޓަވިއުއެއްގައި ބައިވެރިވެ، ވޯޓު ދެއްވާފައެއް ވެސް ނުވާނެ ކަމަށާއި އެކަން ބެއްލެވުމަށް މަރުހަބާ ވިދާޅުވާ ކަމަށެވެ. އަދި ކޮމިޓީގައި މެމްބަރުން ވޯޓު ދެއްވި ގޮތް ވަނީ ހާމަކުރައްވައިފައެވެ.
Adhi vaki member eh ekani vote nudhevvaigen evves nameh thalhumah nufonuvan nimifa eh ves neiy. ComT MPs masakkaiy kuravvaafa vanee varah insaafuverikamaa eku. Commission member kamah qaabil noon evves meehegge nan thalhumah fonuvifa eh nuvaane. MPs vote dhevvi goi fennan miothy pic.twitter.com/Y45RLRFpBH
— ???????? ???????????????????????????? ???????????????? ???? (@Roxeyna) August 25, 2020
ސިވިލް ސާވިސް ކޮމިޝަނުން ހުސްވެފައިވާ ހަތަރު ޖާގައަށް މެމްބަރުން އައްޔަން ކުރުމަށް މަޖިލިސް ތަޅުމުގައި ވޯޓަށް އަހާނީ، މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީން ރިޕޯޓު ތަޅުމަށް ފޮނުވާތާ ތިން ދުވަސް ވުމުންނެވެ.



advertisment