Support Us

އޯޝަން ކިޗަން: މުޅީން ތަފާތު ރަހަތަކެއް، މާ ހިތްގައިމު މާހައުލެއް

"އޯޝަން ބަބްލްސް" އަކީ މަޝްހޫރު ނަމެކެވެ. ބަބްލްޓީ އޭގެ އެންމެ ފުރިހަމަ ރަހަތަކާއެކު ރާއްޖޭގައި އެންމެ ފުރަތަމަ ފޯރުކޮށްދޭން ފެށީ "އޯޝަން ބަބްލްސް" އިން ކަމަށް ވުމުން އެކަންޏެއް ނޫނެވެ. ރޮބަޓް ވެއިޓަރުގެ ހިދުމަތް ރާއްޖޭގައި ދޭ ހަމައެކަނި ކޮފީ ޝޮޕަށް ވުމުގެ ފަޚުރާއެކު، އަބަދުވެސް ޒަމާނާ ފައިހަމަކޮށް، ތަފާތު ސްޓައިލްތައް ގެންނާތީވެސް މެއެވެ. މި ފަހަރު އަދި މާ ތަފާތެވެ.

"އޯޝަން ބަބްލްސް" އިން މި ވަނީ އެ މީހުންގެ ހުޅުމާލޭ އައުޓްލެޓް، މުޅިން ތަފާތު ކޮންސެޕްޓަކާ އެކު، އެކި ކަހަލަ ކެއުންތަކަށް ހާއްސަކޮށް "އޯޝަން ކިޗަން"ގެ ނަމުގައި އަލުން ހުޅުވައިފަ އެވެ. ހުޅުމާލޭގެ ނިރޮޅުގޯޅި6 ގެ ކަންމަތީގައި، ބީޗަށްވާ ގޮތަށް މި ހަފުތާގައި ހުޅުވައިފައިވާ "އޯޝަން ކިޗަން"ގެ އިންޓީރިއާގައި ބޭނުންކޮށްފައިވާ އަލިތަކުގެ ހިތްގައިމުކަމުން އެކަނިވެސް މެއަށް ފިނިކަން ލިބި، ތަން އިތުރަށް ޒީނަތްތެރިވެގެންދެ އެވެ.

"އޯޝަން ކިޗަން"ގެ މައި ކައުންޓަރުގެ ފަހަތުގައި ފެންނަން އެ ހުރި ހަރު ފުރައިލައިފައި އެ ވަނީ ބަބްލްޓީ ހެދުމަށް ބޭނުންކުރާ ތަފާތު ބޮބާތަކާއި އެއަށް އަޅަން ބޭނުންވާ އެކިއެކި ސިރަޕްތަކުންނެވެ. ހަމަ ކުރިއެކޭ ވެސް އެއްގޮތަށް ބަބްލްޓީ ރަހައަށް އެއްވެސް ތަފާތު ކަމެއް ނެތި މި ރެސްޓޯރެންޓުން ލިބެއެވެ. އަދި ކާއެއްޗެހީގެ މެނޫ ހަދައިފައިވަނީ ކަސްޓަމަރުންނަށް އެންމެ ކަމުދާނެ ފަދަ ކެއުންތަކާ އެކުގަ އެވެ. އެ ތަނުގައި ކުޑަކުދިންގެ ހާއްސަ މެނޫއެއް އޮވެއެވެ. އޭގެ އިތުރުން ސިއްހަތަށް ވިސްނައިގެން ކާން ބޭނުންވާ މީހުންނަށްވެސް މިއީ ހަމަ އަޖުމަބަލައިލަން ލިބޭ ވަރަށް ފުރިހަމަ މެނޫއެކެވެ.

އޯޝަން ބަބްލްސްގެ އަމާޒަކީ މެނޫގައިވާ ކޮންމެ އައިޓަމަކީ ވެސް ކަސްޓަމަރުން އެންމެ އެދޭ ގޮތަށް އަބަދުވެސް އެއް ރަހައެއްގައި ފޯރުކޮށްދެވޭ އެެއްޗަކަށް ހެދުމެވެ.

"މިހާރު ދިވެހިން ބަލަނީ އަގަށްވުރެ ބޮޑަށް ކޮލިޓީއަށް. އެހެންވެ އަޅުގަނޑުމެންގެ ޓާގެޓަކީ އަގަށްވުރެ ކާއެއްޗެހީގެ ރަހަ ކޮންމެ ދުވަހަކު އަޔަސް އެއް ރަހައެއްގައި އަދި އެއް ކޮލިޓީއެއްގައި ހިފެހެއްޓުން،" އޯޝަން ބަބްލްސްގެ އޮޕްރޭޝަންސް ހެޑް މެނޭޖަރ އާމިނަތު ނައިޝާ މުހައްމަދު (ނާނަ) ބުންޏެވެ.

ނާނަ: ތަފާތު ރަހަތަކެއް ގެނެސްދޭނެ

ނާނަ ބުނި ގޮތުގައި ލޯކޭޝަން ބަދަލުވި ނަމަވެސް އަަބަދުވެސް އެންމެ އޮތެންޓިކް ރަހަތަކާ އެކު ކަސްޓަމަރުންނަށް ހިދުމަތް ލިބިގެންދާނެ އެވެ. އަދި އަލަށް ހުޅުވި މި ރެސްޓޯރެންޓާއެކު އޯޝަން ބަބްލްސްގެ ލޯޔަލް ކަސްޓަމަރުންގެ އިންތިޒާރަށް ނިމުމެއް ގެނެސްދެވުނީތީ އުފާކުރާ ކަމަށް އޭނާ ބުންޏެވެ.

ރިސޯޓް ފެންވަރަށް ހަދައިފައިވާ، އޯޝަން ކިޗަންގެ ބަދިގޭގައި ދުނިޔޭގެ ފެންވަރުގެ ޝެފެއްގެ އިތުރުން ތަމްރީން ލިބިފައިވާ ޕްރޮފެޝަނަލް ޝެފުން މަސައްކަތްކުރެއެވެ. އަދި ބަދިގޭގައި ބޭނުންކުރާ އާލާތްތަކަކީ ވެސް ޖަރުމަނާއި ފްރާންސާއި އިޓަލީވިލާތުން ގެނެސްފައިވާ އެންމެ ޒަމާނީ އާލާތްތަކެއްކަން ފާހަގަވެއެވެ.

"ކެއުންތަކުގައި ކޮލިޓީ ހިފެހެއްޓުމަށްޓަކައާއި ސިއްހީ ސާފުތާހިރުކަމަށްޓަކައި އޯޝަން ކިޗަން އަށް މަހާއި މޭވާ އަދި ތަރުކާރީގެ ބާވަތްތައް އަބަދުވެސް ގަންނަނީ އެންމެ އޮތެންޓިކް ޕްރޮޑަކްޓްސް ވިއްކަމުން އަންނަ، ރާއްޖޭގައި އެންމެ އިތުބާރު ހިފޭ ތަންތަނުން،" ނާނަ ބުންޏެވެ.

"އޯޝަން ކިޗަން"ގެ އެންމެ ހިތްގައިމު ތަނެއްގެ ގޮތުގައި ހުރީ ސޯފާ ކޯނާއެވެ. އެއީ ކުދިކުދި މީޓިންތަކުގެ އިތުރުން ލޯބިވެރިންނާއި ލޯބިވާ އަނބިންނާ އެކު، އެނިވާސަރީ އާއި އުފަންދުވަސް ފަދަ ހާއްސަ ދުވަސްތައް ފާހަގަކޮށްލަން ތިބެލެވޭ ގޮތަށް ޑިޒައިންކޮށްފައިވާ ހިތްގައިމު ޖާގައެކެވެ.

"އިތުރު ޗާޖެއް ނެތި އެތަން ކުރިއާލައި ބުކްކޮށްލެވޭނެ،" ނަންނަ ބުންޏެވެ.

ޒަމާނީ އިންޓީރިއާ ޑިޒައިންތައް ބޭނުންކޮށްފައިވާ މި ރެސްޓޯރެންޓަކީ ރައްޓެހިންނާއި އާއިލާ ގޮވައިގެން ގޮސް ތިބެލަން ވެސް ވަރަށް ވެސް ހިތްގައިމު ރެސްޓޯރެންޓެކެވެ. ބީޗް މަގުގައި ރެސްޓޯރެންޓް ހުރުމުން، އޯޕަން އެއާގައި، އަތިރިމަތީގެ ފިނިރޯޅީގެ ހިތްގައިމުކަމުގެ ތެރޭގައި ވެސް ކޮފީއަކަށް އިންސާފުކޮށްލަން ފުރުސަތު ލިބިގެންދެއެވެ.

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ހުޅުމާލޭގައި އޯޝަން ބަބްލްސް އެންމެ ފުރަތަމަ ހުޅުވުމާ އެކު "ބަބްލްޓީ" އޭގެ އެންމެ އޮތެންޓިކް ގޮތުގައި ކަސްޓަމަރުންނަށް ލިބިގެންދިޔަ އެވެ.

"ބަބްލްޓީ އޭރު ވެސް މާލޭގައި ހަދާ. އެކަމަކު އޮތެންޓިކް ބަބްލްޓީއެއް ނޫން އޭރު މާލެއިން ލިބެނީއެއް. އަޅުގަނޑުމެން އިންގްރީޑިއަންޓްސް މި ގެންނަނީ ސީދާ ތައިވާނުން. ބަބްލްޓީ އޮރިޖިނޭޓް މިކުރަނީ ތައިވާނުން. ތައިވާނުން ގެނައީމަ އަގުވެސް ބޮޑުވޭ. އެކަމަކު މި ވިޔަފާރި މިކުރަނީ ލިބޭ އެއްޗަކަށްވުރެ ބޮޑަށް ސީދާ އޮތެންޓިކް، ޖެނުއިން އެއްޗެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ބޭނުމުގައި،" އޯޝަން ބަބްލްސްގެ ވެރިޔާ، އަދި މަޝްހޫރު ވިޔަފާރިވެރިޔާ ރަފީއުއްދީން ނަސީމު ވިދާޅުވި އެވެ.

އަބަދުވެސް އާ ކަންކަން ރާއްޖެއަށް ތައްރާފުކުރައްވައި، އެންމެ މަތީ ފެންވަރުގައި ވިޔަފާރި ކުރިއަށް ގެންދަވާ ރަފީއުއަކީ ކުރިން ކޮމްޕިއުޓަރުގެ ވިޔަފާރި އާއި ކޮމްޕިއުޓަރު ކޯސްތައް ރާއްޖޭގައި ވަރަށް ފުޅާކޮށް ހިންގެވި ވިޔަފާރިވެރިއެކެވެ. މޯބައިލް ފޯނާއި އެކްސަސަރީޒަށް މަޝްހޫރު ޒިއޯން މޯބައިލްސް އަކީ ވެސް ރަފީއުގެ ވިޔަފާރިއެކެވެ. ރޮބަޓް ވެއިޓަރުގެ ހިދުމަތް ރާއްޖެއަށް ތައާރަފުކުރެއްވީ ވެސް އޭނާއެވެ.

""އޯޝަން ކިޗަން"ގެ ސާވިސްތަކާއި އެފް.އެން.ބީގެ ހުރިހައި ކަމެއް ވެސް ކުރިއަށް މި ގެންދަނީ ރާއްޖެއިން ލިބެން ހުރި އެންމެ ޕްރޮފެޝަނަލް މީހުންގެ ކޮންސަލްޓެންސީގެ ދަށުން. އަދި ބަދިގޭ ސެޓަޕް ހަދައިފައި ވަނީ ވެސް ޕްރޮފެޝަނަލް މީހުންގެ ކޮންސަލްޓެންސީގެ ދަށުން،" އަބަދުވެސް ކޮލިޓީއަށް އެންމެ އިސްކަން ދެއްވާ ރަފީއު ވިދާޅުވިއެވެ.

އޯޝަން ބަބްލްސްް މިއީ މިހާރު ރާއްޖޭގައި ބަބްލްޓީ ބޭނުންކުރާ މީހުންގެ މެދުގައި ވަރަށް މަގުބޫލް ބްރޭންޑަކަށް ވެފައި ވުމުން، އޯޝަން ބަބްލްސްގެ އަމާޒަކީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެއްގޮތެއްގައި ރަހަތައް ހިފެހެއްޓުމެވެ.

އޯޝަން ކިޗަންއިން ޓޭކްއަވޭ އަދި ޑައިނިންގެ ހިދުމަތް ލިބޭއިރު ވަރަށް އަވަހަށް އެތަނުގެ ހިދުމަތްތައް "އަވަސް ފުޑް" އެފްއިން ވެސް ލިބިގެންދާނެ ކަމަށް ރަފީއު ވިދާޅުވިއެވެ.