Support Us

އެންމެ ބޮޑު ޕާޓީއަށް ޕީއެންސީ ހެދުމުގެ މަސައްކަތް މުޅި ރާއްޖޭގައި ކުރިއަށް ގެންދަނީ

ސަރުކާރު ހިންގާ ޕީއެންސީ ރާއްޖޭގައި އޮތް އެންމެ މެމްބަރުން ގިނަ ޕާޓީއަށް ހެދުމުގެ މަސައްކަތް މުޅި ރާއްޖޭގައި ފަށައިފި އެވެ.

ޕީއެންސީއަށްް މެމްބަރުން އިތުރު ކުރުމުގެ ރަސްމީ މަސައްކަތް އެ ޕާޓީން ރަސްމީކޮށް ފެށީ މިމަހު އެެވެ.

ޕީއެންސީގެ ސެކެޓްރީ ޖެނެރަލް ޒިނާޒް އަދުނާނު ވިދާޅުވީ އެ މަސައްކަތުގެ ދަށުން މިއަދު މާލެއާއި ހުޅުމާލޭގައި ވެސް މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި ތަރުހީބު ވަރަށް ރަނގަޅު ކަމަށެވެ.

"ޓާގެޓަކީ ރައީސް ޑރ. މުއިއްޒުގެ އަމާޒަށް މަސައްކަތް ކުރުން. އެއީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް މިޕާޓީ ހެދުން،" އޭނާ ވިދާޅުވި އެވެ.

ޕީއެންސީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް މާލޭގެ އިތުރުން ރާއްޖޭގެ 11 ސަރަހައްދެއްގައި ކުރިއަށްގެންދާނެ ކަމަށާއި އަތޮޅު ތެރޭގައި އެ ހަރަކާތްތައް ކުރިއަށް ގެންދާނީ އެ ދާއިރާތަކުގެ މަޖިލީސް މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނަވާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައިވާ ގޮތުން ޕީއެންސީ މިހާރު އޮތީ 28،704 މެމްބަރުންނާ އެކު ތިން ވަނައިގަ އެވެ. އެ މަގާމަށް އައިސްފައިވަނީ ރިޔާސީ އިންތިހާބަށްފަހު ކުރު މުއްދަތެއްގެ ތެރޭގަ އެެވެ.

އިލެކްޝަންސްގެ ދަފުތަރުގައި 11 ސިޔާސީ ޕާޓީ ހިމެނޭއިރު އެއްވަނައިގައި އޮތް އިދިކޮޅު އެމްޑީޕީގައި ތިބީ 50،980 މެބްބަރުންނެވެ. އަދި ޕީއެންސީއާ އެކު ކޯލިޝަން ހަދައިފައިވާ ޕީޕީއެމްގައި ތިބީ 34،827 މެމްބަރުންނެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *