އުމުރުން ހަތަރު އަހަރުގައި ކާމިޔާބަކީ ސޯޓަށް ހީސް ނުލެވުމެވެ.
އުމުރުން އަށް އަހަރުގައި ކާމިޔާބަކީ، ގެއިން ނިކުމެގެން އެނބުރި މަގު ނޯޅި ގެއަށް އަންނަން އެނގުމެވެ.
އުމުރުން 12 އަހަރުގައި ކާމިޔާބީއަކީ ގިނަ ރަހުމަތްތެރިން ތިބުމެވެ.
އުމުރުން 18 އަހަރުގައި ކާމިޔާބަކީ ސައިކަލު/ ކާރު ދުއްވުމުގެ ލައިސަންސު ލިބުމެވެ.
އުމުރުން 23 އަހަރުގައި ކާމިޔާބަކީ ޔުނިވަރސިޓީން ދަސްވެނިވެ، ޑިގުރީއެއް ލިބުމެވެ.
އުމުރުން 25 އަހަރުގައި ކާމިޔާބީއަކީ ވަޒީފާއެއް ލިބި، ކައިވެންޏެއް ކުރެވުމެވެ.
އުމުރުން 30 އަހަރުގައި ކާމިޔާބީއަކީ ދަރިން ލިބި އަމިއްލަ އާއިލާއެއް ބިނާވެފައި އޮތުމެވެ.
އުމުރުން 35 އަހަރުގައި ކާމިޔާބީއަކީ ފައިސާވެރިވެ، މުދާވެރިވެފައި އޮތުމެވެ.
އުމުރުން 45 އަހަރުގައި ކާމިޔާބީއަކީ ޒުވާންކަން ނުގެއްލި ހުރެވޭ ގޮތް ވުމެވެ.
އުމުރުން 50 އަހަރުގައި ކާމިޔާބީއަކީ ހެޔޮ ގޮތުގައި ދަރިން ތަރުބިއްޔަތުވެފައި ތިބިކަން އެނގުމެވެ.
އުމުރުން 55 އަހަރުގައި ކާމިޔާބީއަކީ އަދިވެސް ޒަވާޖީ ވާޖިބުތައް އަދާކުރެވޭ ގޮތްވެފައި އޮތުމެވެ.
އުމުރުން 60 އަހަރުގައި ކާމިޔާބީއަކީ ސައިކަލު/ ކާރު ދުއްވުމުގެ ލައިސަންސް ދެން ވެސް އަތުގައި ބޭއްވޭ ގޮތް ވެފައި އޮތުމެވެ.
އުމުރުން 65 އަހަރުގައި ކާމިޔާބީއަކީ ބައްޔަކާ ދުރުގައި ހުރެވޭ ގޮތް ވެފައި އޮތުމެވެ.
އުމުރުން 70 އަހަރުގައި ކާމިޔާބީއަކީ ތިމާއީ އެހެން މީހުންނަށް އޮތް ބުރައެއްކަމުގައި ހީވެ ނުދިޔުމެވެ.
އުމުރުން 75 އަހަރުގައި ކާމިޔާބީއަކީ އަދިވެސް ގާތް ރަހުމަތްތެރިން ހޯދިފައި އޮތުމެވެ.
އުމުރުން 80 އަހަރުގައި ކާމިޔާބީއަކީ ގެއިން ނިކުމެގެން އެނބުރި މަގު ނޯޅި ގެއަށް އަންނަން އެނގުމެވެ.
އުމުރުން 85 އަހަރުގައި ކާމިޔާބީއަކީ ހެދުމަށް ހީސް ނުލެވުމެވެ!
