Support Us

އައްޑޫގެ ކަރަންޓްގެ މައްސަލަ ހައްލުކުރަން 1,600 ކިލޯވޯޓުގެ ޖަނަރޭޓަރެއް ފޮނުވަނީ

އައްޑޫ ސިޓީީއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރަން 1600 ކިލޯވޯޓުގެ ޖަނަރޭޓަރެއް ފޮނުވުމުގެ މަސައްކަތް ފަށައިފި އެވެ.

ފެނަކަ އިން ބުނީ އައްޑޫ ސިޓީގައި މިވަގުތު 20 ޖަނަރޭޓަރު ހުރި ނަމަވެސް މީގެ ތެރެއިން ފަސް ޖަނަރޭޓަރު ހުރީ މަރާމާތުކުރުމުގައި ފަރުވާކުޑަކުރުމުގެ ސަބަބުން ހަލާކުވެފައި ކަމަށެވެ. އެހެންވެ އަައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓްގެ މަސައްކަތް ހައްލުކުރުމުގެ މަސައްކަތް މިހާރު ފަށައިފައިވާ ކަމަށެވެ.

"އައްޑޫ ސިޓީއަށް މިވަގުތު ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ހައްލެއް ގެނައުުގެ ގޮތުން 1،600 ކިލޯވޯޓުގެ ޖަނަރޭޓަރެއް ގެންދިއުުމުގެ މަސައްކަތް ދަނީ ކުރިއަށް،" އެކްސްގައި ފެނަކައިން ބުނެފައިވެ އެވެ.

ފެނައިން ބުނީ އައްޑޫ ސިޓީގައި މިވަގުތު އުފެއްދެނީ 15 މެގަވޯޓުގެ ކަރަންޓް ކަމަށާއި އެންމެ މަތިން ކަރަންޓް ބޭނުންވާ ވަގުތުތަކުގައި އެކަށީގެންވާ ވަރަށް ކަރަންޓް ފޯރުކޮށްނުދެވޭ ކަމަށެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ، އާ ޖަނެރޭޓަރު ބޭނުންކުރަން ފެށުމުން ހައްލުވެގެންދާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ ތޯރިގް އިބްރާހިމް ވަނީ މަޖިލީހުގައި ވިދާޅުވެފަ އެވެ.

އަައްޑޫއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ޗައިނާގެ ކުންފުންޏަކާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ. އެ މަޝްރޫޢުގެ މަސައްކަތް ނިމުމުން އައްޑޫއަށް ދިމާވެފައިވާ ކަރަންޓް މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ފެނަކައިން ކުރިން ވަނީ ބުނެފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *