Support Us

ކޮލަމް ކޯދު: ހިޔަންޏާ ބެހޭ ގޮތުން މީހުން ބުނެފައި ހުރި ބައެއް ވާހަކަ

މިއީ ހިޔަންޏާ ބެހޭ ގޮތުން މީހުން ބުނެފައި ހުރި ބައެއް ވާހަކައެވެ.

1. އެއްޗެއްގެ ހިޔަނި ބުނެދެނީ އެ އެއްޗެއް ވުޖޫދުގައިވާ ކަމެވެ.

މަތީގައި އެވާ ތަސްވީރަށް ބަލައިލަބަލާށެވެ. އެ ތަސްވީރު ނަގައިފައި ވަނީ ތަންކޮޅެއް މަތިންނެވެ. ކަޅުކޮށް ބޮޑުކޮށް އެ ފެންނަނީ ހިޔަންޏެވެ. ޖަމަލުތަކުގެ ހިޔަންޏެވެ. އެ އެއްޗެހީގެ ހިޔަނި ބޮޑުކޮށް ސާފުކޮށް ފެންނަން އޮތުމުން، ޖަމަލުތައް ވެސް ސާފުކޮށް ފާހަގަކޮށްލަން އެނގެއެވެ. އާދެ، މަތީގައި އެވާ ބުނުމުގެ ހިއްސީ ހެއްކެކެވެ.

2. ކަލެއަށް ހިޔަންޏެއް ލިބިފައި ނެތް ނަމަ، އެކަން އަންގައިދެނީ ކަލޭ ވަނީ އަނދިރީގައި ކަމެވެ.

3. ހިޔަނި ނެތް ނަމަ، ރީތި ކަމެއް ނޯންނާނެއެވެ.

4. ބައެއް މީހުން، އެ މީހުންގެ ހިޔަނި ފޮރުވައެވެ. އަނެއް ބައި މީހުން އެ މީހުންގެ ހިޔަނި ހާމަކުރެއެވެ.

5. ރީތިކަން ދެކެން ޖެހޭނީ ހަމައެކަނި ބަލާ އެއްޗެއްގެ ޒާތަށް ބަލައެއް ނޫނެވެ. ނަމަވެސް، އެ އެއްޗަކާއި އެ އެއްޗެއްގެ ހިޔަނި އުފައްދާ ސިފައަށް ބަލައި ވެސް މެއެވެ. އެ ގެނެސްދޭ އަލިކަމާއި އަނދިރި ކަމަށް ވެސް ބަލައެވެ.

6. އައްޔާ ދިމާއަށް ނަޒަރު ހުއްޓާލާށެވެ. އެ އަލި އުފައްދާ ހިޔަނި ދެކެ ބިރު ނުގަންނާށެވެ.

7. ކަލޭގެ އައިޑީ އަކީ ކަލޭގެ ހިޔަނި ފަދަ އެއްޗެކެވެ. އަބަދު ފެންނަން ނެތަސް، އަބަދުވެސް ކަލެއާ އެކުގައި ވެއެވެ.

8. ހިޔަންޏަކާ ނުލައި އަލިކަމެއް ނުވެއެވެ. ހަމަ އެހެންމެ، ވޭނާ ނުލައި ހިތާމައެއް ވެސް ނުވެއެވެ.

9. ހިޔަނި އެންމެ އަނދިރި ވަނީ އަލިކަން އެންމެ ގަދަވާ ވަގުތުގައެވެ.

10. ވަގުތު ހަލުވިކަމާއެކު އަހަރުމެންގެ ބޯމަތިން އުދުހިފައި ދެއެވެ. ނަމަވެސް، އޭގެ ހިޔަނި ދޫކޮށްފައެވެ.

11. މަރުގެ ހިޔަނީގެ ވާދީގައި ވެސް ދޭކާއި ދޭއް އެއްކުރީމައި އަންނަނީ ހައެއް ނޫނެވެ.

12. ހަޔާތަކީ ހިޔަންޏެއް ފަދަ އެއްޗެކެވެ. އަހަރުމެންނަށް ހިޔަނީގައި އަތްލެވޭހެން ހީވެއެވެ. ނަމަވެސް، އެއީ ހަގީގަތެއް ނޫންކަން އަހަރުމެންނަށް އެނގެއެވެ. ހަމަ އެހެންމެ، ހަޔާތް އަހަރުމެންނަށް ލިބޭ ހެން ހީވެއެވެ. ނަމަވެސް، އެއީ ހަގީގަތެއް ނޫންކަން އެނގެއެވެ. ނަމަވެސް، ހަޔާތާއި ވަކިވެގެންދާ ވަގުތުގައެވެ.

13.ކެރުމަކީ ދީލަތިކަމުގެ ހިޔަންޏަށްވާ ފަދައިން، ފިނޑިކަމަކީ ދަހިވެތިކަމުގެ ހިޔަންޏެވެ.

14. ދޮގު ރަހުމަތްތެރިއަކާ ހިޔަންޏަކާ އެއް ގޮތެވެ. އެ ދޭތި ވެސް ފާޅުވަނީ އަވިދޭ ވަގުތުގައެވެ.

 

15. މި ދުނިޔޭގައި އެކަކުގެ މައްޗަށް ވެސް އިއުތިމާދު ކުރަން ނުހަދާށެވެ. އެހެނީ އަނދިރިކަމުގެ ތެރެއަށް ކަލޭ ވެއްޓޭ ހިނދު، ކަލޭގެ ހިޔަނި ވެސް ކަލޭ ދޫކޮށްފައި ދެެއެވެ.