Support Us

ތެލުގެ އަަގު ދަށްކުރުުުމުން އެސްޓީއޯގެ އާމްދަނީ ދަށަށް

މިދިޔަ މެއި މަހު ތެލުގެ އަގު ދަށްކުރުމާ ގުޅިގެން ލިބުނު އާމްދަނީ ފުރަތަަަމަ ކުއާޓަރާ އަޅާ ބަލާއިރު ދަށްވެފައިވާ ކަަަަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފި އެވެ.

އެސްޓީއޯއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީީ މިއަހަރުގެ ފުރަތަަމަ ކުއާޓަރުގައި އެ ކުންފުންޏަށް ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 3.5 ބިލިއަން ރުފިޔާ ކަމަށާއި މިއީ މިދިޔަ ކުއާޓަރާ އަޅާ ބަލާއިރު ދަށްވުމެއް ކަމަށެވެ.

ޖުމްލަ އާމްދަނީ ލިބުނު މިންވަރު ދަށްވެފައިވާ މައިގަނޑު ސަބަބަކީ އެ ކުންފުނީގެ މައިގަނޑު ވިޔަފާރި ކަމުގައިވާ ތެލުގެ ވިޔަފާރީގެ އަގުތަކަށް ދުނިޔޭގެ ބާޒާރުގައި އައިސްފައިވާ ބަދަލާ ގުޅިގެން، ރާއްޖޭގެ މާކެޓްގައި ތެޔޮ ވިއްކާ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމުން ކަމަށް އެސްޓީއޯއިން ބުނެއެވެ.

"ތެލުގެ އަގުތައް ދަށްކުރުމާ އެކު ޖުމްލަ ފައިދާ މީގެ ކުރީގެ ކުއާޓަރާ އަޅައި ބަލާއިރު 16 އިންސައްތައިން ދަށްވެ، ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 515 މިލިއަން ރުފިޔާ،" އެސްޓީއޯއިން ބުނެ އެވެ.

އެސްޓީއޯއިން ބުނީ ކުންފުނީގެ ޖުމްލަ ފައިދާ ދަށްވިކަމުގައި ވިޔަސް ހިންގުމުގެ ހަރަދު ނިސްބަތުން ދަށްވުމާއެކު ހިންގުމުގެ ފައިދާގެ ގޮތުގައި ދެވަނަ ކުއާޓަރުގައި 204 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

މީގެ އިތުރުން ޓެކްސްއަށް ކެނޑުމުގެ ކުރިން ދެވަނަ ކުއާޓަރުގައި ސާފު ފައިދާއަކިީީ 177 މިލިއަން ރުފިޔާ ކަމަށާއި ޓެކްސްއަށް ކެނޑުމަށްފަހު، ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 148 މިލިއަން ކަމަށް އެސްޓީއޯއިން ބުނެއެވެ. މިއީ އޭގެ ކުރީ ކުއާޓަރާ ބަލާއިރު 24 އިންސައްތަ ދަށް އަދަދެއް ކަމަށް އެސްޓީއޯއިން ބުނެ އެވެ.

އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމުގެ ގޮތުން މިދިޔަ މެއި މަހު ޑީސަލް ލީޓަރަކުން 70ލ. އަދި ޕެޓްރޯލް ލީޓަރަކުން 35ލ. ކުޑަކުރި އެވެ. އެ ބަދަލާ އެކު ޕެޓްރޯލް ލީޓަރެެއް ވިއްކަމުންދަނީ 13.98ރ. އަދި ޑީސެލް ލީޓަރެއް 13.92ރ. އަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *