Support Us

ސެންޓްރަލް ޕާކް ވަށައިގެން އެއްކޮޅަށް ދުއްވާ ގޮތަށް ހަދަނީ

ހުލުމާލޭ ސެންޓްރަލް ޕާކް ވަށައިގެން އޮންނަ މަގަކީ އެއްކޮޅަށް ދުއްވާ މަގަކަށް ހަދައި، މާދަމާއިން ފެށިގެން އެ މަގު އާއްމުންނަށް ހުޅުވާލަން ނިންމައިފި އެވެ.

އެޗްޑީސީން ބުނީ ބަގީޗާހިނގުން އެއްކޮޅަށް ދުއްވާ މަގެއްގެ ގޮތުގައި ހެދުމަށްފަހު މާދަމާ އާއްމުންނަށް ހުޅުވާލާއިރު މި މަަސައްކަތަކީ ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ފަށައިފައިވާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ.

"އެގޮތުން މިހާރު ކުރިއަށްދަނީ (ސެންޓްރަލްޕާކް ވަށައިގެން އޮންނަ) އެ މަގު އެއްކޮޅަށް ދުއްވާ މަގެއްގެ ގޮތުގައި ހެދުމަށް މަގުގައި ލައިން ކުރެހުމާއި ޓްރެފިކް ނިޝާން ބޯޑުތައް ހަރުކުރުމުގެ މަސައްކަތް،" އެޗްޑީސީން ބުނެ އެވެ.

ޓްރެފިކް މައްސަލަތައް ހައްލުކޮށް، ހުޅުމާލޭގެ މަގުތަކަކީ  އެކްސިޑެންޓްތައް މަދު، ރައްކާތެރި ތަނަކަށް ހެދުމަށް ހުޅުމާލޭގެ ޖުުމްލަ 11 ސަރަހައްދަކަށް ބަދަލު ގެންނާން އެޗްޑީސީން ވަނީ ނިންމައިފަ އެވެ.

އެ މަސައްކަތް މިހާރު ފެށިފައިވާއިރު ބާކީ 10 ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށްޓަކައި ބައެއް ސަރަހައްދުތަކުގައި ވަށްބުރުތައް ގާއިމްކޮށް، ޓްރެފިކް ނިޝާން ބޯޑުތައް ބެހެއްޓުުމުގެ މަސައްކަތްތައް ވެސް މިއަހަރު ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

"އެ ބަދަލުތައް ގެންނަން ނިންމީ ހުޅުމާލޭގެ ބައެއް މަގުތަކުގައި ޓްރެފިކް ބާރު ބޮޑުވެ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގަން މެދުވެރިވުމާއި މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިވާތީ،" އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީން ބުނީ އެ ބަދަލުތައް ގެންނާނެ ސަރަހައްދުތައް ކަނޑައަޅާފައިވަނީ ފުލުހުންނާއި އެޗްޑީސީގެ ޑާޓާތަކަށް ބެލުމަށްފަހު ހުޅުމާލޭގެ މަގުތަކުގެ ތެރެއިން ޓްރެފިކް އެންމެ ބާރުބޮޑުވެ އަދި ނުރައްކާތެރިކޮށް ހުރި ސަރަހައްދުތަކަށް ބަަލައިގެން ކަމަށެވެ.

މި 11 ސަރަހައްދަށް ބަދަލު ގެނައުމުގެ މަސައްކަތް އެއްކޮށް ނިމުމުން ހުޅުމާލޭގެ ޓްރެފިކް ފްލޯ ވަރަށް ބޮޑަށް ރަނގަޅުވެ، މަގުތަކުގައި ތޮއްޖެހުން ކުޑަވުމުގެ އިތުރުން ވެހިކަލްތަކާއި ހިނގާ މީހުންނަށް ވެސް ހުޅުމާލޭގެ މަގުތަކަކީ ރައްކާތެރި އަދި އަމާން ތަނަކަށް ވެގެންދާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *