Support Us

ބްރިޖުން ޓޯލް ފީއެއް ނެގުމާ ބެހޭ ގޮތުން އަނެއްކާ ވެސް މަޝްވަރާކުރަން ނިންމައިފި

ސިނަމާލެ ބްރިޖުން ޓޯލް ފީއެއް ނެގުމަށް ނިންމައި، ސަރުކާރުގެ ކަމާ ބެހޭ ވުޒާރާތަކާ އެކު މަޝްވަރާކުރަން ނިންމައިފި އެވެ.

މިގޮތަށް ނިންމާފައިވާކަން އިޢުލާންކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ވަޒީރުން ބައިވެރިވެވަޑައިގެންނެވި "މާލެ ފެހި" ޕްރޮގްރާމް އިފްތިތާހު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ޓްރާންސްޕޯޓް މިނިސްޓްރީން ހުށަހެޅި ޕްރެޒެންޓޭޝަނެއްގަ އެވެ.

އެ ޕްރެޒެންޓޭޝަންގައި ބުނީ މާލެ-ހުޅުމާލެ އަދި ހުޅުލެއަށް ދަރުކުރާ ބްރިޖާއި ހައިވޭ ފަދަ ތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި ކަމާ ގުޅޭ ވުޒާރާތަކުން މަޝްވަރާކުރުމަށް ފަހު ޓޯލް ފީއެއް ނެގުމަށް ހަމަޖައްސައިފައިވާ ކަމަށެވެ.

މާލެ ތޮއްޖެހުމުގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "މާލެ ފެހި" މާލެ ޕްރޮގްރާމްގެ އިފްތިތާހުކުރުމަށް ރޭ ބޭއްވި މި ރަސްމިއްޔާތުގައި ހުށަހަޅައިދިން މި ޕްރެޒެންޓޭޝަންގައި ބުނާ ގޮތުން ބްރިޖުން ފީ ނެގުން ތަންފީޒު ކުރާނެ ނިޒާމެއް ގާއިމްކުރުމާ ބެހޭ ދިރާސާތައް ހެދުމުގެ މަސައްކަތް އަންނަ މަހު ފެށޭނެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޗައިނާއާ އެކު ސިނަމާލެ ބްރިޖް އެޅިއިރު ވެސް ޓޯލް ފީއެއް ނެގުމާ ބެހޭ މަޝްވަރާތައް ކުރިއެެވެ. ނަމަވެސް މަޝްވަރާތައް ކުރިނަމަވެސް 2018 ވަނަ އަހަރު ބްރިޖް ހުޅުވިގެން ދިޔައީ ފީއެއް ނުނަގާ ގޮތަށެެވެ. އަދި ފާއިތުވި އެމް.ޑީ.ޕީ ސަރުކާރުގައި ވެސް ބްރިޖުން ފީ ނަގައިފައެއް ނުވެ އެވެ.

ބްރިޖުން ފީ ނެގުމަށް އޭރު ނިންމާފައިވަނީ ވެހިކަލްތައް މަޑުކުރަން ނުޖެހޭ ގޮތަށް އިލެކްޓްރޯނިކް ނިޒާމެއްގެ ދަށުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *