Support Us

ކައިވެނީގެ މަޖިލިހަށްފަހު ޝަލަބީ، ޝިފާ ފޮޓޯއަކަށް ހުއްޓިގެން -އަދިވެސް ފޮޓޯ

ޝަލަބީ އާއި ޝިފާ ކައިވެނިކޮށްފި

ފަހަރުގައި މިއީ ބައެއް އަންހެން ކުދިންނަށް އެހާ އުފާވެރި ހަބަރަކަށް ނުވެވެސް ދާނެއެވެ؛ ޒުވާން ބައެއް އަންހެން ކުދިންގެ ހިތްތަކުގެ ރަސްގެފާނު ކަމަށްވާ މަޝްހޫރު ލަވަކިއުންތެރިޔާ ޝަލަބީ އިބްރާހިމް، އޭނާގެ ހިތުގެ ރާނީއާ މިއަދު ކައިވެނިކޮށްފިއެވެ.

ހެކިންގެ ހާޒިރުގައި، ޝަލަބީ، ޝިފާ އަށް ރަން ހަވާލުކުރަނީ.. -އަދިވެސް ފޮޓޯ

މޯލްޑިވިއަން އައިޑޮލްގެ ހުރިހައި ސީޒަނަކަށް ބަލާއިރު ވެސް އާންމުންގެ އެންމެ ބޮޑު މަގުބޫލްކަމެއް ހޯދި އުމުރުން 23 އަހަރުގެ ލަވަކިއުންތެރިޔާ ކައިވެނިކުރީ، މީގެ އަހަރެއްހާ ދުވަސް ކުރިން އޭނާ ލޯބީގެ ގޮތުން ގުޅުނު ޝިފާ އިބްރާޙިމް، 21، އާއެވެ. ޝިފާ އަކީ ވެސް ޝަލަބީމެންނާއެކު ފުރަތަމަ މޯލްޑިވިއަން އައިޑަލްގައި ލަވަކިޔައިފައިވާ ބައިވެރިއެކެވެ.

ޒޫމް ވީޑިއޯ ކޮންފަރެންސް ކޯލް މެދުވެރިކޮށް ފެމިލީ ކޯޓާ ގުޅައިގެން ކުރިއަށްދިޔަ ކައިވެނީގެ މަޖިލިސްގައި "އަނބި ގަބޫލްކޮށްފިން" ކަމަށް ޝަލަބީ ބުނީ މިއަދު ހެނދުނު 10.42 ގަ އެވެ. އައްޑޫ ހިތަދޫ އަށް އުފަން ޝިފާ ރަން ކިޔައިފައި ވަނީ 1234.56ރ. އަށެވެ.

ޝަލަބީގެ ދައްތަމެނާއެކު.. -އަދިވެސް ފޮޓޯ

ޝަލަބީގެ އާއިލާގެ ގެއެއްގައި އޮތް ކައިވެނީގެ ކުޑަކުޑަ ހަފުލާގައި ޝިފާ ލައިގެން އިނީ ސަގާފީ ދިވެހި ލިބާހެކެވެ. ކައިވެނީގެ މަޖިލިސްގައި ބައިވެރިވީ ދެފަރާތުގެ އާއިލާގައި މި ވަގުތު މާލޭގައި ތިބި މަދު ބަޔެކެވެ.

ކައިވެނީގެ ރަން ތައްޔާރުކޮށްފައި ވަނީ ވެސް ވަރަށް ދިވެހިވަންތަ ގޮތަކަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
3366664
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *