Support Us

ކޮލަމް ކޯދު: މީހަކަށް ފާހަގަކުރެވުނު ކަމެއް

އިންސާނާ ދުނިޔެއަށް އަންނައިރު އޭނަގެ އަތް އޮންނަނީ މުށްކެވިފައެވެ. މިކަން ރަމްޒުކޮށްދެނީ ކޮންކަމެއް ހެއްޔެވެ؟ އިންސާނާ ދުނިޔެއަށް އެދިފައިވާ އެދުމުގެ ބޮޑުކަމެވެ. އެ ވަގުތު އިންސާނާ ބުނާ ކަހަލައެވެ. މުޅި ދުނިޔެ މި މުށުތެރެއަށްލައި އަމިއްލަ އެއްޗަކަށް ހަދާލާނަމެވެ.

ދެން، އޭނަ މަރުވެދާ އިރު އޭނަގެ އަތް އޮންނަނީ ކިހިނެއް ހެއްޔެވެ؟ ހުޅުވިފައެވެ. އެކަން ރަމްޒުކޮށްދެނީ ކޮން ކަމެއް ހެއްޔެވެ؟ ހަޔާތުގެ ކުރު ދަތުރު ނިންމާލާފައި ދާއިރު، ދުނިޔެއިން ގެންދަން އެއްވެސް އެއްޗެއް ނުލިބޭ ކަމެވެ. ދުނިޔެ ދޫކޮށް، އޭނަ ދާންޖެހެނީ ހުސް އަތާކަމެވެ. ދުނިޔެއިން އޭނައަށް ލިބެން އޮންނަނީ ހެޔޮ ގޮތުގައި އޭނަގެ އަމިއްލަ ނަފްސަށާއި އެހެން މީހުންގެ މައްޗަށް ހޭދަކުރި އެއްޗެކެވެ. އޭނަ އެއްކޮށް ޖަމާކުރި ހުރިހާ އެއްޗެއްގެ ފައިދާ ލިބެނީ އޭނަގެ ވާރުތަވެރިންނަށެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry

2 Responses

  1. ތިޔަވާހަކަ ދެކޮޅެއް ނުޖެހޭ. ތިޔަހެންވީއިރު ރަނގަޅު ގޮތުގައި ނިމިދާ މީހުންގެ އަތްތިލަ ހުޅުވިފަ އޮންނަނީ ކީއްވެ؟ އޭނާވަނީ ދުނިޔޭގައިހުރެ ގިނަ ހެޔޮ ކަންތައް ތަކެއް ކޮށްފަ. އެކަމަކު އޭނާގެ އަތްތިލަ އޮތީ ހުޅުވިފަ…..؟ މޮޔަ ވާހަކަ ނުދައްކާ….!! އެހެނެއްނޫން މީހާ ނިމިދާއިރު މީހާގެ މޫނު އަލިކޮށް ސާފުކޮށް އޮންނަނީ ރަނގަޅު މީހުން ކަމަށް ބުނެއުޅޭ.

    1. ކިޔާ އެއްޗެއް ރަނގަޅަށް ފަހުމުވޭތޯ ބެލުން ވަރަށް މުހިއްމު. މިތާގައި މިވެނި މީހަކު ރަނގަޅޭ ނޫނީ ގޯހެކޭ ލިޔެފައެއް ނެތް، މިވެނި ހެން ވެއްޖެ ނަމަ އެމީހަކު ނިމިދިޔައީ ރަނގަޅަށޭ އަދި މިވެނިހެން ވެއްޖެ ނަމަ އެމީހާކު ނިމިދިޔައީ ރަނގަޅަކަށް ނޫނޭ ބުނެފައެއް ނެތް. މިއީ އެކަކަށް ވެސް އެނގޭނޭ ކަންކަމެއް ނޫން. އަދި މޫނު އަލިވިޔަސް ނޫނީ ނުވިޔަސް، އެއިން ވެސް އެ މީހެއްގެ ކަންކަމުގެ ހަގީގަތް އެހެން މީހަކަށް ކަނޑައަޅައި ބުނާކަށް ނޭނގޭނެ. މިތާގައި އެ އޮތީ ކަމެއް މިވެނި ކަމަކަށް އިޝާރަތް ކުރާ ކަހަލައޭ ބުނެފައި. އެއްވެސް މީހަކު ގޯހެކޭ ނޫނީ ރަނގަޅެކޭ އެއް ބުނެފައެއް ނެތް. ދެން، ބުނެފައި އޮތީ ކޮންމެ މީހަކަށް ވެސް ލިބެނީ އެ މީހަކު ހެޔޮ ގޮތުގައި ހޭދަކުރި އެއްޗެކޭ.

      އެހެންވީމާ އެއްޗެއް ކިޔަންވާނީ އެ ކިޔާ އެއްޗެއް ފަހުމް ކުރަން ގަސްދުކޮށްގެން. އެއިން ފަހުމް ކުރަން ވާނީ އަމިއްލަ ހިތުގައި އޮތް އެއްޗެއް ނޫން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *