ތިރީގައި މި ވަނީ ކައިވެންޏާ ބެހޭ ގޮތުން ބައެއް ފަލްސަފާވެރިން ބުނެފައި ހުރި ބައެއް ވާހަކަތަކެވެ.
1. ރަނގަޅު ފިރިއަކީ އޭނަގެ އަންހެނުންނަށް ގޯހެއް ހެދުމުން އަބަދުވެސް އެކަން ބޮޑުކަމަކަށް ނުހަދައި މާފުކުރާ މީހާއެވެ.
2. ފިރިޔަކު ނޫން އެހެން އެއްޗެއް ޒުވާން އަންހެން ކުއްޖާ ދުނިޔެއިން ނޭދެއެވެ. ފިރިއަކު ލިބުމުން، ދެން، ފިރިމީހާގެ ކިބައިން މުޅި ދުނިޔެ ލިބުން އެދެއެވެ.
3. އަންހެނާއަށް ފިރިއަކު ލިބެންދެން އޭނަގެ މުސްތަގުބަލާ މެދު ކަންބޮޑުވެކަންބޮޑުވެ ހުރެއެވެ. ފިރިހެނާ ކަންބޮޑުވާން ފަށަނީ އޭނައަށް އަނތްބަކު ލިބުމުންނެވެ.
4. ފިނޑިން ބައިވެރިވާން ކެރޭ ހަމައެކަނި ހަނގުރާމައަކީ ކައިވެނީގެ ހަނގުރާމައެވެ.
5. ކައިވެންޏަށް ފަހު ދެމަފިރިން ވަނީ ފައިސާ ފޮއްޗެއްގެ ދެ ފުށަށެވެ. އެ ފައިސާ ފޮތީގެ އެއް ފުށް އަނެއް ފުށާ ކުރިމަތިނުލާ ގޮތަށް، އެ ދެމީހުން ވެސް އެކަކު އަނެކަކާ ކުރިމަތިނުލައި އުޅެވޭތޯ ބަލައެވެ. އެހެންވިޔަސް، އެ ދެ މީހުން އެކުގައި އުޅެއެވެ.
6. ކައިވެނި ކުރުމަކީ ކޮންމެހެން ވެސް ކުރަންޖެހޭނޭ ކަމެކެވެ. ރަނގަޅު އަނތްބެއް ލިބިއްޖެ ނަމަ ހަޔާތް ބާއްޖަވެރިވާނެއެވެ. ރަނގަޅު ނޫން އަނތްބެއް ލިބިއްޖެ ނަމަ ފިރިމީހާ ފިލޯސަފަރަކަށްވާނެއެވެ.
7. "އަހަރެން ކުރި ދެ ކައިވެނި ވެސް، އަހަރެންގެ ނަސީބު ހުރި ގޮތުން، ނާކާމިޔާބުވީއެވެ. ފުރަތަމަ ކައިވެނި ނާކާމިޔާބުވީ ފުރަތަމަ އަނބިމީހާ އަހަރެން ދޫކޮށްލާފައި ދިޔުމުންނެވެ. ދެވަނަ ކައިވެނި ނާކާމިޔާބުވީ ދެވަނަ އަނބިމީހާ އަހަރެން ދޫކޮށްލާފައި ނުދިޔުމުންނެވެ!"
