Support Us

ތިލަފުށީގައި ބިން ހުރި ވަރަކުން ކުއްޔަށް ދޫކުރާނެ: އެޗްޑީސީ

ސިނާއީ ބޭނުމަށް ތިލަފުށިން ބިން ކުއްޔަށް ދޫކުރަން ހުޅުވާލި ފުރުސަތުގައި އެކަަމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ބިން ހުރި ވަރަކުން ދޫކުރަމުން ގެންދާނެ ކަަމަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފި އެވެ.

އެޗްޑީސީން ބުނީ ސިނާއީ ބޭނުމަށް ތިލަފުށިން ބިން ދޫކުރުމަށް މިމަހުގެ ތިން ވަނަ ދުވަހު ހުޅުވައިލި ފުރުސަތުގައި ވަރަށް ގިނަ ފަރާތްތަކަކުން ސިޓީ ހުށަހަޅާފައިވާ ކަމަށެވެ.

"ސިޓީ ހުށަހަޅާފައިވާ ތަރުތީބަށް ބަލައި މި ކޯޕަރޭޝަންގެ އުސޫލުތަކަށާއި ތިލަފުށީގެ މާސްޓާޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން 14 ޖުލައި 2024 އާ ހަމައަށް ހުށަހަޅާފައިވާ ސިޓީތަކަށް ބިމުގެ ޖާގަހުރި ވަރަކަށް ބިން ކުއްޔަށް ދުކުރުމުގެ މަސައްކަތް ކުރަމުން ގެންދާނެ،" އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީން އަދި ބުނީ ސިނާއީ ބޭނުމަށް ތިލަފުށިން ބިން ކުއްޔަށް ދޫކުރުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް އެދި ހުށަހެޅި ފަރާތްތަކަށް ބިން ކުއްޔަށް ދިނުމުގެ މަރުހަލާ ނިންމުމަށްފަހު، ތިލަފުށީގައި އިތުރަށް ހުސް ބިންތައް ހުރިކަމުގައި ވާނަމަ އިތުރު ފަރާތްތަކަށް ބިން ކުއްޔަށް ނެގުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.